މަހޭޝް ބާބޫ އާއި އެކުގައި ރާޖަމޯލީ ހަދާ ފިލްމް ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު

މަހޭޝް ބާބޫ އާއި އެކުގައި ރާޖަމޯލީ ހަދާ ފިލްމް ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު

Author
ފާތިމަތު ނާވީ
13 ނޮވެމްބަރ 2023 09:16
0

ސައުތުގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބޫ އާއި އެކުގައި "އާރްއާރްއާރް" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ގެނެސްދޭ އައު ފިލްމު ގެ ޝޫޓިން އަހަރު ދެބައި ވުމުގެ ކުރިން ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ބަތަލުގެ ރޯލު ކުޅޭ މި އެފްރިކަން ޖަންގަލް އެޑްވެންޗަ ފިލްމަކީ ރާޖަމޯލީ އާއި އޭނަގެ ބައްޕަ ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖެޔަންދުރަ ޕްރަސާދުގެ ސްކްރީންޕްލެއަކަށް ހަދާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by SS Rajamouli (@ssrajamouli)

މި ފިލްމް އަކީ މަހޭޝް އާއި އެކުގައި ރާޖަމޯލީ ކުރާ ފުރަތަމަ މަސައްކަތެވެ. މަހޭޝް އަކީ ސައުތުގެ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އަނެއްކޮޅުން ރާޖާމޯލީ އަކީ މިހާރު އެންމެ ކާމިޔާބު އަދި ގިނަ ބަޔަކު މަސައްކަތް ކުރަން ބޭނުން ވާ ޑިމާންޑް ބޮޑު ޑައިރެކްތަރެކެވެ.

މައުލުމާތު ލިބޭ ގޮތުގައި މިހާރު ކުރިއަށް ދަނީ އާ ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ކަމަށާއި އަންނަ މަހުގެ ތެރޭގައި ސްކްރިޕްޓް އެއްކޮށް ފައިނަލްކުރާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Mahesh Babu (@urstrulymahesh)

ވަރަށް ބޮޑު އަގުގައި ވަރަށް ގްރޭންޑް ކޮށް ހެދުމަށް ރާޖަމޯލީ ބޭނުންވާ މި ފިލްމް ހޮލީވުޑްގެ ބޮޑު ދެ ސްޓޫޑިއޯއަކާ އެކީ ޕާޓްނަޝިޕް ހަދަން ރާޖަމޯލީ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.