މި މަހުގެ 3 ވަނަ ދުވަހުގައި ރިލީޒް ކުރި "ޔޫޓީ69″ އިން އެކްޓިން ގެ ހުނަރު ދައްކައިލި ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އެންމެ ކަމުދަނީ ދީޕިކާ ޕަދްކޯން ކަމަށާއި އޭނައާ އެކީ މަސައްކަތްކުރަން ވެސް ބޭނުންވާ ކަމަށް ބުނެފިއެވެ.
މިވާހަކަ ރާޖް ހިއްސާ ކުރި އިރުގައި އޭނާ ވަނީ އިތުރު ފިލްމް ތަކަކުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިއެވެ. އަދި އިތުރު ފިލްމް ތަކަކަށް ޝައުގުވެރިކަން ވަނީ ފާޅު ވެސް ކޮށްފައިއެވެ.
ދީޕިކާ އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. އޭނަ އަކީ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނެވެ. އޭނާ އަކީ ގިނަ ބަޔަކާއި އެ ތަރިއަކާއި އެކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަރިއެކެވެ.
ރާޖްގެ އަލަތު ފިލްމަކީ ބަރަހަނާ ފިލްމު ހަދައި އޭގެ ވިޔަފާރިކުރާ ކަމަށް އޭނަގެ މައްޗަށް 2021 ގައި ކުރެވުނު ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށް، ދެ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ.
ކޮމެންޓު ފޮނުވާ