ޔޫއޭއީ ދަތުރުފުޅަށް ފަހު، މުއިއްޒު ރާއްޖެ ވަޑައިގެންފި

ޔޫއޭއީ ދަތުރުފުޅަށް ފަހު، މުއިއްޒު ރާއްޖެ ވަޑައިގެންފި

Author
ހުސެއިން
07 ނޮވެމްބަރ 2023 08:52
0

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ، އަބޫދާބީއަށް ފުރާ ވަޑައިގެންނެވީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސަވާފައިވަނީ ޔޫއޭއީގެ ސަރުކާރުންނެވެ.

ނަމަވެސް މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަކީވެސް ޔޫއޭއީގެ އެހީގައި ހިންގާ މަޝްރޫޢުއެކެވެ.

އިންތިޚާބީ ރައީސް ވަނީ މިދިޔަ މަހުގެ 30ގައި ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.