ސުޕުރިކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގައިވާ އިޖުރާއަތުތަކާއި ޚިލާފަށް: ޑިމޮކްރެޓްސް

ސުޕުރިކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގައިވާ އިޖުރާއަތުތަކާއި ޚިލާފަށް: ޑިމޮކްރެޓްސް

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ސުޕްރިމް ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އިޖުރާއަތުތަކާއި ޚިލާފަށް ކަމުގައި، ސުޕްރުމް ކޯޓުގައި މިހާރު ކުރިޔަށްދާ މައްސަލައަށް ތަދައްހުލްވެފައިވާ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

މިހާރު ސުޕްރިމް ކޯޓުގައި ކުރިޔަށްދާ މިމައްސަލާގެ ޝަރީއަތުގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސް ޕާޓީ ތަމްސީލު ކުރަމުންދާ ގާނޫނީ ވަކީ ޝާއިރު ވިދާޅުވީ ސުޕްރިމް ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތުގެ އިޖުރާއަތުތައް ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ހުށަހެޅީ އެ އިޖުރާއަތުތަކާ ޚިލާފަށް ކަމުގައެވެ.

ޤާނޫނުގައި ކަންއޮތް ގޮތާމެދު، މުހިންމު ސުވާލުތަކާއިމެދު ނުވަތަ ޤާނޫނީ ގޮތުން ކަން އޮތް ގޮތާމެދު މަޖިލީހުގައި އުފެދޭ ދެބަސްވުންތައް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅާނެ ގޮތުގެ އިޖުރާއެއް ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު އެ އިޖުރާތާ ޚިލާފަށް ހުށަހަހަޅާފައިވާ މައްސަލައެއްކަން.

ޝާއިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝާއިރު ވިދާޅުވީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލިހުގައި ހިނގާކަމެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކާ މައްސަލައެއް ކޯޓަށް ހުށަނޭޅޭނެކަން ގާނޫނު އަސާސީގެ 88 ވަނަ މާއްދާއިން އެގެން އޮންނަ ކަމަށާއި، އެހެންކަމަނުން ކޯޓުގައި މިހާރު ކުރިޔަށްދާ މައްސަލައަކީ އެމައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރިމް ކޯޓަށް ލިބިގެން ނުވާ މައްސަލައެއް ކަމުގައެވެ.

ސްޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައަކީ ސްޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ ދުސްތޫރީ މައްސަލައެއް ނޫންކަން.

ޝާއިރު ވިދާޅުވިއެވެ.

ޑިމޮކްރެސްޓް ޕާޓީން ބުނަމުންދަނީ ރައްޔިތުންގެ މަޖިލިހުނެ ނާއިބު ރައީސް ހާޒިރުނުވެ، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ނުބޭއްވޭނެކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ނިންމާފައިވާ ނިންމުމަކީ މަޖިލިހުގެ ގަވާއިދާއެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *