ޝާހު އާއި ކާޖޮލް ސްކްރީނަށް ގެނައުމަކީ އަދިވެސް ވަރަށް ބޮޑު ހުވަފެނެއް: ކަރަން

ޝާހު އާއި ކާޖޮލް ސްކްރީނަށް ގެނައުމަކީ އަދިވެސް ވަރަށް ބޮޑު ހުވަފެނެއް: ކަރަން

Author
ފާތިމަތު ނާވީ
08 ނޮވެމްބަރ 2023 08:23
0

ހިނދީ ސިނަމާގެ އެންމެ މަގުބޫލު ޖޯޑު ކަމުގައިވާ ޝާހުރުކް ހާން އާއި ކާޖޮލް އެކުގައި އަދިވެސް ސްކްރީން އަށް ގެނައުމަކީ ހުވަފެނެއް ކަމަށް ޑައިރެކްތަރު ކަރަން ޖޯހަރު ބުނެފިއެވެ.

މި ދެތަރިން ވަނީ ކަރަންއާއި އެކުގައި ކާމިޔާބު މަސައްކަތް ތަކެއް ކޮށްފައިއެވެ. މިއަދުވެސް ގިނަ ބަޔަކު އަންނަނީ މިދެތަރިން އެކުގައި ސްކްރީނުން ބަލާލުމުގެ ޝައުގު ފާޅު ކުރަމުންނެވެ.

ކަރަން ބުނި އެދެތަރިންނަކީ ވަރަށް މޮޅު ދެތަރިން ކަމަށާއި އެމީހުން އެކުގައި ކާމިޔާބު އުފެއްދުން ތަކެއް އަދި ވެސް ނެރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މީގެ އިތުރު އޭނާ ބުނި އެ ޖޯޑަކީ ފަނޑުކޮށް ލެވޭ ވަރުގެ ޖޯޑެއް ނޫން ކަމަށެވެ.

އެހެންވެ ޖާދޫއެއް ފަދަ އެ ތަރިން ސްކްރީނަށް ގެނެވޭ ކަހަލަ ވާހަކައެއް ވަރަށް މުހިއްމު ކަމަށާއި އެހެންވެ އެފަދަ ސްކްރިޕްޓަކަށް ކުރެވޭ އުންމީދު ވެސް ވަރަށް ބޮޑު ކަމަށް ބުންޏެވެ.

އޭނާ ބުނީ އެމީހުން އަލުން ސްކްރީން އަށް ގެނައުމަކީ އުންމީދެއް އަދި ހުވަފެނެއް ކަމަށާއި އިރާދަ ކުރެއްވިއްޔާ އަދި އެކަން ވާނެ ކަމަށެވެ. ކަރަން ޑައިރެކްޝަނަށް ނުކުތީ ވެސް މި ދެ ތަރިން ލީޑް ރޯލު ކުޅުނު ފިލްމަކުންނެވެ. އެއީ މީގެ 25 އަހަރު ކުރިން 1998 ގައި ރިލިޒްކުރި "ކުޗް ކުޗް ހޯތާ ހޭ" އެވެ. އެފަހުން 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި 2010 ގެ "މައި ނޭމް އިޒް ޚާން" އަކީ ވެސް ކަރަން ގެނެސްދިން ފިލްމް ތަކެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.