ރަންދީޕްގެ ކައިވެނި މި މަހު

ރަންދީޕްގެ ކައިވެނި މި މަހު

Author
ފާތިމަތު ނާވީ
07 ނޮވެމްބަރ 2023 06:04
0

ބޮލީވުޑްގެ ތަރި ރަންދީޕް ހުޑާ އާއި ލޯބިވެރިޔާ ލިން ލައިޝްރާމް މި މަހު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 47 އަހަރުގެ އެކްޓަރާއި ލޯބިވެރިޔާ ލިން ލައިޝްރާމް ކައިވެނި ކުރާނީ މި މަހުގެ ފަހުކޮޅު މުމްބާއީގައި ކަމަށެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ ދުވަސްގަނޑެއް ވެފައިއެވެ.

ނޫސްތަކުން ބުނާ ގޮތުގައި ބޮލީވުޑްގެ ޕްރައިވެޓް ކައިވެނި ތަށް ފަދައިން ރަންދީޕް ގެ ކައިވެނި ވެސް އޮންނާނީ އާއިލާ އާއި ގާތް ރަހުމަތެރިންގެ ހާޒިރުގައި ކަމަށެވެ. ރަންދީޕްގެ ބައިވެރިޔާ އަކީ ވިޔަފާވެރިއެއްގެ އިތުރުން މޮޑެލްއެކެވެ.

 

View this post on Instagram

 

A post shared by Lin Laishram (@linlaishram)

އަބަދުވެސް ސަޕޯޓިން ރޯލު ތަކުން ފެނިގެން ގޮސްފައިވާ ރަންދީޕް އެކްޓިން ކެރިއަރުގެ ފެށުމަކީ މީރާ ނައިރްގެ 2001 ގެ ކޮމެޑީ-ޑްރާމާ "މޮންސޫން ވެޑިން" އެވެ.މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ އެކްޓަރުގެ އަލަތު ޑައިރެކްޝަނަކީ މަސައްކަތް މިހާރު ކުރިއަށްދާ ބައޮގްރަފިކަލް ޑްރާމާ "ވީރު ސަވަަރްކަރް" އެވެ. އޭގެ ލީޑުން ވެސް ފެނިގެންދާނީ ރަންދީޕްއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.