ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން

ފްލެޓްތަކަށް އޮތް ޑިމާންޑުން، ގޯތި ބެހީ ބޭއިންސާފުންކަން ހާމަވޭ: އަލީ ހުސެއިން

ފްލެޓްތަކަށް އޮތް ޑިމާންޑުން، ގޯތި ބެހީ ބޭއިންސާފުންކަން ހާމަވޭ: އަލީ ހުސެއިން

ރާއްޖޭގެ އެތައް ހާސް ރައްޔިތުން ބޯހިޔާ ވަހިކަމަށް ބޭނުންވެ، މިސަރުކާރުން ވެރިކަމުގެ ދައުރުގެ އެންމެ ފަހު މަރުހަލާގައިވެސް ހުޅުވާލި ފްލެޓްތަކަށް އޮތް ޑިމާންޑުން މާލެ ސަރަހައްދުން ގޯތި ބެހީ ބޭއިންސާފުންކަން ހާމަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން އަކީ ގޯތި ހިލޭ ދިނުމާއި ދެކޮޅަށް ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުންދާ އެއް ބޭފުޅާއެވެ. މާލެ ސަރަހައްދުގެ ބިންތަކަކީ އަހުބޮޑުކޮށް ރައްޔިތުންގެ މާލިއްޔާއިން ފައިސާ ޚަރަދުކޮށްގެން ހިއްކައި އޭގެ ބޭނުން އެންމެހާ ރައްޔިތުންނަށް ކުރާނޭ ގޮތަކަށް އެވިސްނުމުގައި ހިއްކާފައިވާ ބިންތަކެކެވެ. ނަމަވެސް މިސަރުކާރުން ވަނީ އެއްވެސް އަގެއް ނެތި ވަކި ލިސްޓަކަށް ބިންތައްވެސް ހިލޭ ބަހާފައެވެ.

މިމައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، އިއްޔެ ޢާންމުކުރި 4،000 ފްލެޓް ލިސްޓާއި، ވިނަރެސްގެ ބާކީހުރި ފްލެޓަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަކުވާއާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ވިނަރެސް ފްލެޓްތަކަށް ހުޅުވާލިތާ އެއްގަޑިއިރުގެ ތެރޭގައި ފްލެޓްތައް ވަނީ ވިކި ހުސްވެފައެވެ.

މެމްބަރު އަލީ ހުސެއިން ވިދާޅުވީ މިކަމުން އެކަނި ވިސްނާލުމުންވެސް ދިވެހި ރައްޔިތުންނަށް ހައްގުވާ ބިންތައް ވަކި ބަޔަކަށް އެކަނި ހިލޭ ބަހާފައިވާ ބެހުމަކީ ބޭއިންސާފެއްކަން ހާމަވާކަމަށެވެ. އެތައް ބަޔަކު ބޯހިޔާ ވަހިކަމަށް ބޭނުންވާއިރު އިންސާފެއްނެތި ކޮށްފައިވާ މިކަމަކީ މިއަދުވެސް ހައްލު ހޯދަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓަށްވެސް މިހާ ބޮޑު ޑިމާންޑެއް އޮއްވާ ހިލޭ ގޯތިތައް ބަހާލުމަކީ ވަރަށްބޮޑު ބޭއިންސާފެއް.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ބޯހިޔާ ވަހިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފަހިކޮށް ދިނުމެވެ. އެމަނިކުފާނު ވަނީ ވެރިކަމާއި ހަވާލުވެ ވަޑައިގެން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *