ރައީސްގެ ފޯނު ކޯލުން މަސްވެރިކަމަށް ކުރާ އުއްމީދު އައުވެއްޖެ: ޒުވާން މަސްވެރިޔާ

ރައީސްގެ ފޯނު ކޯލުން މަސްވެރިކަމަށް ކުރާ އުއްމީދު އައުވެއްޖެ: ޒުވާން މަސްވެރިޔާ

Author
މުޙައްމަދު ޖިމީ
11 ޑިސެމްބަރ 2020 08:20
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ގުޅާ ހިތުގެ ޝުއޫރުފާޅުކޮށްލަން ފުރުސަތު ދެއްވުމުން މަސްވެރިކަން ކުރި އަރުވަން ކުރާ މަސައްކަތުގައި އުއްމީދުތައް އައު ވެއްޖެކަމަށް ޒުވާން މަސްވެރިޔާ ޝޖިން ބުނެފިއެވެ.

މަސްވެރިކަން ކުރިއަރުވާ ޕްރޮމޯޓްކޮށް ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ދެއްކުމުގައި އިސްދައުރެއް އަދާކުރާ ހަސަން ސާޖިން އިއްޔެ ބުނެފައިވަނީ މަސްވެރިކަމުގެ ދާއިރާގެ ވަރަށް ގިނަ ނުފެންނަ މަންޒަރާއި އަޑު ރައްޔިތުންނާއި ހަމަޔަށް ފާއިތުވެދިޔަ 6 އަހަރުގެ ތެރޭގައި ހިއްސާ ކޮށްފައިވާނެކަމަށެވެ. އަދި އެތަޖުރިބާއާއި، ކުރެވެމުންދާ އިހުސާސްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ހިއްސާ ކުރަން ބޭނުން ވާކަމަށެވެ. މިއަދު އެންމެ އިންތިޒާރު ކުރާނީވެސް ރައީސްގެ ފޯނު ކޯލަކަށް ކަމުގައި ސާޖިން ބުނެފައިވެއެވެ.

އެއަށްފަހު ރޭގެ ވަގުތެއްގައި ސާޖިން ބުނެފައިވަނީ އެނާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގުޅުއްވާ ވަރަށް ގިނައިރު ވަންދެން ވާހަކަފުޅު ދެއްކެވިކަމަށެވެ. އަދި މަސްވެރިއެއްގެ ވާހަކަތައް އަޑުއައްސަވަން ރައީސް ވަގުތު ދެއްވުމުން މި ދާއިރާއާއި މެދު ކުރަމުން އަންނަ އުއްމީދު އައު ވެއްޖަކަން ސާޖިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާއި އުފާކުރާކަންވެސް ސާޖިން ވަނީ ފާހަގަކޮށްފައެވެ.

ގއ ގެމަނަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހަސަން ސާޖިންގެ މުހިއްމު އެއް މަސައްކަތެއް އޮވެއެވެ. މަސްވެރިކަމަކީ 'ހަޑި' މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުންނަށް އޭނާ ދައްކަމުން އަންނަނީ އެއީ ސަޅިކަމެއްކަމެވެ. އަދި މީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްކަމެވެ. ޒުވާނުން ނުކުންނަށް ޖެހިލުންވާ ޖެހޭ ދާއިރާއެއް ނޫންކަމަށް ބުނެދީ އޭނާ އަންނަނީ ރާއްޖޭގެ މަސްވެރިކަން ރާއްޖޭއާއި މުޅި ދުނިޔެއަށް އިސްތިހާރުކުރަމުންނެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ގިނަ މަސްވެރިންތަކެއް މަހަށް ނުގޮސް ދަނީ ކަނޑުމަތީގައި ޝޫޢޫރު ފާޅުކުރަމުންނެވެ. މަސްވެރިން ވަނީ އެމީހުނަށް ސަރުކާރުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ބުނެފައެވެ. މަސްވެރިކަމަށް ހަގު އަގު ހޯދައިދީ، ބާނާ މަހަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމާއި، މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދުމަށް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.