ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ފަރޭ" ރިލިޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.
މި މަހުގެ 24 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމް އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޯމެންދުރަ ޕަދީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ފިލްމް ގެ އެއް ޕްރޮޑިއުސަރަކީ ވެސް ހުދު ސަލްމާން ހާންއެވެ. ފިލްމް ސިނަމާތަށް އަންނަނީ ނޮވެމްބަރު މަހުގައިއެވެ.
މިހާރު ފިލްމްގެ ޓިޒާ ޓްރެއިލާ އާއި ޓްރެއިލާ އާންމުކޮށްފައިވާ މި ފިލްމް އަކީ އަލީޒޭ ބޮލީވުޑް އަށް ތައާރަފްވާ ފިލްމްއެކެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރުމަށް، އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ސަލްމާން ވެސް ބައިވެރިވި، އެ ހަފުލާގައި އަލިޒޭ ބުނީ "ފަރޭ" އަކީ ބެލުންތެރިން ވަރަށް އުންމީދު ނުކުރާ ކަހަލަ ފިލްމަކަށް ވާނެ ކަމަށާއި އޭނަ ކަހަލަ ފަންނާނަކަށް އާންމުންގެ ސަމާލުކަން ވެސް ލިބޭނީ ތަފާތު އެއްޗެއް ގެނެސްދީގެން ކަމަށް ބުންޏެވެ.
"ފަރޭ" ގެ ކާސްޓްގައި ޒޭން ޝޯ، ސާހިލް މެހެތާ، ޕްރަސައްނާ ބިޝްޓްގެ އިތުރުން ރޯނިތު ރޯއި އާއި ޖޫހީ ބައްބަރް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ