ރޭ މާލޭގައި ދެ މާރާމާރީއެއް ހިންގައިފި

ރޭ މާލޭގައި ދެ މާރާމާރީއެއް ހިންގައިފި

Author
ހުސެއިން
05 ނޮވެމްބަރ 2023 06:52
0

ވެރިރަށް މާލޭގައި ރޭ ދެ މަރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރޭ މާލޭގައި ހިންގި ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ރޭ އިރާކޮޅު 9:46 ހާއިރުއެވެ. މާރާމާރީ ހިނގާފައިވަނީ މާލޭގެ ބލޑުތަކުރުފާނު މަގުގައި ބޭންކު އޮފް ސިލޯން ކުރިމަތީގައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ މާރާމާރީ ތަހުގީގު ކުރަމުންދާ ކަމުގައެވެ. ދެވަނަ މާރާމާރީ ހިނގާފައިވަނީ ރޭ 10.34 ހާއިރު، ހެންވޭރުގެ ގެއެއްގެ ތެރޭގައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ މާރާމާރީވެސް ތަހުގީގު ކުރަމުންދާ ކަމުގައެވެ.

މި މާރާމާރީތަކާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.