ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

Author
ހުސެއިން
04 ނޮވެމްބަރ 2023 03:04
0

ހުޅުމާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް އެކަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅުގެން ކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 139، 140 144 145 ފްލެޓްތަކުންނެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކެނޑުނު ތަންތަނަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.