ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް އަމުރުއް ނެރެދެވެން ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ބާޠިލުކޮށް އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ މިއަދު ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި މިމައްސަލަ ބެއްލެވި އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ބޭންކުތަކުގެ ޤާނޫނާއި، ޖިނާއީ އިޖުރާތުގެ ޤާނޫގެ ދަށުން ޔަމީންގެ 8 އެކައުންޓް ފްރީޒް ކޮށްދެވެން ނެތްކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން އެކައުންޓްތައް ދޫކޮށްލި މަައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން އަމުރު ކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތް ކަން ފާހަގަކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ނުކުރެވޭ ކަމަށެވެ.
ރައީސްޔާމީން ވިދާޅުވީ އެ މަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ އެއް މިލިއަން ޑޮލަރުގެ ފައިސާ ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ކަމަށް ކުރީގެ އަޑު އެހުމުގައި ވިދާޅުވެފަ އެވެ. އަދި މީހުންނަށް އާމްދަނީ ލިބޭ ހަމައެކަނި މަގަކީ މުސާރަ ކަމަށް ފުލުހުން ދެކިގެން ނުވާނެ ކަމަށާއި 100 މިލިއަން ރުފިޔާއާ ގުޅޭގޮތުން ފުލުހުން ސުވާލުކުރި ނަމަ، ޖަވާބު ދެއްވީސް ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ