ޝާހްރުކާއި ސުހާނާގެ ފިލްމުގެ ޝޫޓިން މި މަހު

ޝާހްރުކާއި ސުހާނާގެ ފިލްމުގެ ޝޫޓިން މި މަހު

Author
ފާތިމަތު ނާވީ
06 ނޮވެމްބަރ 2023 06:49
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމް ގެ ޝޫޓިން މިމަހުގެ ތެރޭގައި ފަށާނެ ކަމަށް ހަބަރުތަށް ބުނެފިއެވެ.

މި ދެބަފައިން ކުޅެން ހަމަޖެހިފައިވަނީ އެކްޝަން ތުރިލާއެކެވެ. ނޫސްތަކުން ބުނާގޮތުގައި މި ފިލްމް އަކީ ވަރަށް ބޮޑު ބަޖެޓަކުން އަދި ވަރަށް ގްރޭންޑް ކޮށް ހެދުމަށް ނިންމައިފައިވާ ފިލްމްއެކެވެ.

އެގޮތުން މި ފިލްމްގެ ބޮޑޫ ބައެއް ގައުމުން ބޭރުގައި ނެގުމަށް ތާވަލް ކޮށްފައިވާ ކަމަށް ވެއެވެ. އަދި މުޅި ފިލްމް ގެ ޝޫޓިން ނިންމާލުމަށް 6 މަސްދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

މި ފިލްމްގެ މަސައްކަތް ނިންމައިލުމަށް ފަހު ޝާހްރުކް ދެން ވަގުތު ދޭނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސުޕައި ޔުނިވާސްގެ "ޓައިގާ ވާސަސް ޕަތާން" އަށް ކަމަށް ނޫސްތަކުން ބުނެއެވެ. އެ ފިލްމް އަކީ ސަލްމާން އާއި އެކުގައި އަހަރު ތަކަކަށް ފަހު ޝާހު ފެނިގެންދާނެ ފިލްއެކެވެ.

ސުހާނާގެ އަލަތު ފިލްމް އަކީ "ދި އާޗީސް" އެވެ. ނަމަވެސް ފިލްމް ރިލީޒް ކުރަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގައިއެވެ. ބައްޕަ އާއި އެކުގައި ފިލްމްއެއްގެ މަސައްކަތް ކުރާއިރުގައި މީ ސުހާނާގެ ދެވަނަ ފިލްމްއަށް ވެގެންދާނެެވެ. އަދި ބައްޕަ އާއި އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމް އަށް ވެސް ވެގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓަށް ސުޖޯއި ގޯޝް ޑައިރެކްޓްކުރާ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.