"ޓައިގާ 3″ ގެ އާ ޓީޒާއެއް

"ޓައިގާ 3″ ގެ އާ ޓީޒާއެއް

Author
ފާތިމަތު ނާވީ
07 ނޮވެމްބަރ 2023 04:40
0

މި މަހުގެ 12 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3″ ގެ އާ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ޔަޝް ރާޖު ފިލްމްސްގެ "ސްޕައި ޔުނިވާސް"ގެ ފިލްމެކެވެ. ރިޕޯޓްތައް ބުނި ގޮތުގައި މި ފިލްމުގައި ދައްކާނީ ވެސް "ޓައިގާ"ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ"ގެ ފަހުން ހިނގާ ކަންތައްތަކެވެ.

ކެޓްރީނާ ކައިފް އާއި ސަލްމާން ހާންގެ އިތުރުން "ޓައިގާ 3″އިން އިމްރާން ހާޝިމީ ވެސް ފެނިގެންދާނެއެވެ. އެ ފިލްމު ތިން ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫ އެވެ.

 

View this post on Instagram

 

A post shared by Yash Raj Films (@yrf)

 

"ޓައިގާ 3″ އަކީ ވައިއާރްއެފުން ސަލްމާނާއި ކެޓްރީނާ ކައިފާ އެކީ ގެނެސްދޭ ފްރެންޗައިޒެކެވެ. މީގެ ފުރަތަމަ ބައި "އޭކް ތާ ޓައިގާ" ކަބީރު ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ 2017 ގަ އެވެ. މި ފްރެންޗައިޒްގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނީ އެޖެންޓުންގެ ގޮތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.