މެނިފެސްޓޯ ތަންފީޒު ކުރެވޭ ގޮތް ބެލެހެއްޓުމުގެ ޒިންމާ ސެމްބެއަށް!

މެނިފެސްޓޯ ތަންފީޒު ކުރެވޭ ގޮތް ބެލެހެއްޓުމުގެ ޒިންމާ ސެމްބެއަށް!

Author
ހުސެއިން
04 ނޮވެމްބަރ 2023 07:04
0

މިމަހުގެ 17 ވަނަ ދުވަހު އުފެދިގެންދާ ޑރ. މުއިއްޒުގެ ސަރުކާރުގައި، އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒުވަމުންދާ ގޮތް ވިލަރެސް ކުރުމުގެ ޒިންމާއާއި ހަވާލުވުމަށް ނިންމާފައިވާކަމުގައި އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސެންބެ ވިދާޅުވީ ހުރިހާ ކަމެއްގަވެސް ޑރ. މުއިއްޒު ފުރިހަމަޔަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ޤައުމީ މަސައްކަތާއި އިޖްތިމާޢީ ދާއިރާގެ މަސައްކަތްތަކުގެ އިތުރުން ޕީޕީއެމް/ޕީއެންސީން ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން ހަވާލުކުރައްވާނޭކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމުގައެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސެމްބެ އިތުތަށް ވިދާޅުވީ ޕާޓީގެ ކުރިއެރުމަށާއި އަދި ގައުމުގެ ކުރިމަގަށްވެސް ޑރ. މުއިއްޒުގެ މަޝްވަރާ އެމަނިކުފާނަށް ވަރަށް މުހިންމު ކަމުގައެވެ.

ނަސްރުގެ ދުވަހު ދައުލަތުގެ މީޑިއާއިން ގެނެސްދިން ދިވެހިންގެ ރާއްޖެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިންތިޚާބީ ނާއިބު ރައީސް ވިދާޅުވީ އެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ނުވިނަމަ ވިސްނަވައިގެން ހުންނެވީ ކުޅިވަރުގެ ދާއިރާއާއި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުގައި ޕާޓީގެ ތެރެއިން މަސައްކަތް ކުރެއްވުމަށްކަމަށެވެ. މިޕްރޮގްރާމަގައި ވަނީ އެމަނިކުފާނުގެ ދިރިއުޅުއްވުމާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ޚާއްސަގޮތެއްގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިގޮތާއި ރަނިންމޭޓްގެ ޓިކެޓް ލިބިވަޑައިގެންނެވިގޮތް އެމަނިކުފާނު ތަފްސީލްކޮށްދެއްވިއެވެ.

ރާއްޖޭގެ އިންތިހާބި ނައިބު ރައީސް ހުސެއިން ރައީސުމްޖުމްހުރިއްޔާގެ ނައިބުގެ ހުވާ ކުރައްވާނީ މިމަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ދަރުބާރުގައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.