"ދަ ރެއިލްވޭ މެން" ގެ ޓީޒާ އެއް ދައްކައިލައިފި

"ދަ ރެއިލްވޭ މެން" ގެ ޓީޒާ އެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
04 ނޮވެމްބަރ 2023 12:43
0

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)  ވެރިޔާ ގެނެސްދޭ ފުރަތަމަ ވެބް ސީރީޒް "ދަ ރެއިލްވޭ މެން" ގެ ޓީޒާ އެއް ދައްކައިލައިފިއެވެ.

ހުނަރުވެރި އެކްޓަރުންތަކެއް ހިމެނޭ މި ސީރީޒަކީ 1984 ގައި އިންޑިއާގެ ބޯޕާލްގައި ގޭސް ލީކްވެ، ހިނގި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ބިނާކޮށްގެން ހަދާފައިވާ އެއްޗެކެވެ. މި ސީރީޒްގެ ލީޑު ރޯލުތަކުން ފެންނާނީ އާރް މަދަވަން، ކޭކޭ މެނަން، ދިވްޔެންޑޫ ޝަރުމާ އަދި ކުރީގެ އެކްޓަރު އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން އެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ވައިއާރުއެފް އިން ވަނީ ނެޓްފްލިކްސްއާ ގުޅިގެން ގިނަ ކޮންޓެންޓުތަކެއް ގެނެސްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު ޕާޓްނާޝިޕް އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. މި ސީރީޒްގެ މޭސްތިރި އަކީ ޝިވް ރަވައިލް އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.