ޕާކިސްތާން ގެ މަޝްހޫރު ބަތަލާ މިނާލް ހާން އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. މިނާލް ހާން އާއި އެހެސަން މޮހޮސިން އިކްރާމް ކަިއވެނި ކުރީ 2021 ވަނަ އަހަރުގައިއެވެ.
މިނާލް ހާން ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިއެވެ. މިނާލް އާއި އެހެސަން ގެ ކައިވެނި އޮތީ ވަރަށް ކުލަ ގަދަކޮން ބޭއްވި ހަފްލާއެއްގައިއެވެ.
މިނާލް އަކީ ޕާކިސްތާން ގެ މަޝްހޫރު ބަތަލާ އަކެވެ. އޭނާ ވަނީ ކާމިޔާބު އެތަށް ޑްރާމާ އަކުން ފެނިގެން ގޮސްފައިއެވެ. ނަމަވެސް ކައިވެންޏަށް ފަހު މިވީހާ ތަނަށް އޭނާ ގެ އައު އެއްވެސް ސީރިޒްއެއް ރިލީޒް ކޮށްފައިއެއް ނުވެއެވެ.
މިނާލް މިހައިފައި ވަނީ އިއްޔެގެ ވަގުތެއްގައިއެވެ. މިނާލް ވަނީ އެމީހުންނަށް މިމަހުގެ 1 ވަނަ ދުވަހުގައި ފިރިހެން ކުއްޖެއް ލިބުނު ކަން ސޯޝަލް މީޑިއާ މެދުވެރި ކޮށް އިއުލާން ކޮށްފައިއެވެ.
24 އަހަރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ ތަކުގެ ތެރޭގައި "ކީ ޖާނޭ މޭ ކޯން" އާއި "ހަސަދް" އަދި "ޖަލަން" ގެ އިތުރުން "އިޝްގް" ހޭ ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އޭނާގެ އެއްމާބަނޑު ދައްތަ އޭމަން ހާން އަކީ ވެސް ވަރަށް ކާމިޔާބު ބަތަލާއެކެވެ.
ކޮމެންޓު ފޮނުވާ