ދަރަނިވެރިވެ ބޮއްސުން ލާފައިވާ އެފްއޭއެމްއަށް އަނެއްކާވެސް ކޯޓު ހުކުމެއް

ދަރަނިވެރިވެ ބޮއްސުން ލާފައިވާ އެފްއޭއެމްއަށް އަނެއްކާވެސް ކޯޓު ހުކުމެއް

ދަރަނިވެރިވެ ހިންގުން ބޮއްސުން ލާފައިވާ އެފްއޭމްއިން ބީހައިވް ހޮޓެލްސްއަށް 500،000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެފްއޭއެމްއިން ބީހައިވް ހޮޓެލްސްއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރި 500،000 ރުފިޔާއަކީ އެ ހޮޓެލްއިން ފާއިތުވި އަހަރު ނެގި ދަރަންޏަށްވާ ފައިސާއެވެ.

ސިވިލް ކޯޓުން މިއަދުކުރި ހުކުމްގައި ބުނެފައިވަނީ ފާއިތުވެދިޔަ އަހަރުގެ ނޮވެމްބަރުމަހު އެފްއޭއެމްއިން ބީހައިވްއިން، ފައިސާ ޑޮލަރުން ދެއްކުމަށް އެއްބަސްވެ، 500،000 ރުފިޔާގެ ލޯނެއް އެފްއޭއެމްއިން ނަގާފައިވާ ކަމަށެވެ.

އެފްއޭއެމުން ބީހައިވް އަށް ދައްކަންޖެހޭ ޕްރިންސިޕަލް އަދަދަކީ 32،426 ޑޮލަރެވެ.

ކޯޓުގައި ބީހައިވްއިން ބުނެފައިވަނީ އެފައިސާ ދެއްކުމަށް ފާއިތުވި ޑިސެމްބަރުމަހު ޗެކެއް ދީފައިވާ ކަމުގައެވެ. އެހެންނަމަވެސް އެފައިސާ ނެގިފައި ނުވާކަމަށް ކޯޓުގައި ބީހައިވްއިން ބުނެފައިވެއެވެ. ބިހައިވްގެ ދައުވާއަށް ކޯޓުގައި ޖަވާބުދެމުން އެފްއޭއެމްއިން ބުނެފައިވަނީ އެއްބަސްވެފައިވާ ދުވަށް ފައިސާ ދެއްކިފައި ނުވަނީ އެ އެސޯޝިއޭޝަންއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ކަމުގައެވެ.

ކޯޓުގައި އެފްއޭއިން އެދިފައިވަނީ މިފައިސާ ބަހާލައިގެން ދެކޭނެ ގޮތް ހަދާ ދިނުމަށެވެ. އެއާއެކު މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމްގައިވަނީ، މިފައިސާ އެއަހަރަށް ބަހާލައިގެން، މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނުވާ އަދަދެއް ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސް ކުރަންޖެހޭނެ ކަމަށެވެ.

އެއީ މަހަކު މަދުވެގެން 2،700 އެމެރިކާ ޑޮލަރެވެ.

މިއަދު ސިވިލް ކޯޓުން އެމްއޭއެމްގެ މައްޗަށް ކުރި ހުކުމަކީ ފާއިތުވި 3 މަސްތެރޭ އެ އެސޯޝިއޭންގެ މައްޗަށް އައި 3 ވަނަ ހުކުމެވެ. ފާއިތުވި ސެޕްޓެމްބަރުމަހު ކޯޓުންވަނީ އެފްއޭއެމްއިން ވެލިގާ ހާޑްވެއާ އަށް 171،850.10ރ. ދެއްކުމަށްވެސް ހުކުމް ކޮށްފައެވެ.

އޭގެ އިތުރުން ފާއިތުވި އޮގަސްޓުމަހު ސިވިލް ކޯޓުންވަނީ އެލް މޯބައިލްގެ މައި ކުންފުނި އެލް މޯލްޑިވްސްއަސް 10 ދުވަސްތެރޭ 2 ލައްކަ ޑޮލަރު ދެއްކުމަށްވެސް ހުކުމް ކޮށްފައެވެ. އެހެންނަމަވެސް މުއްދަތު ހަމަވެގެން ދިޔައިރުވެސް އެފްއޭއިމްއިން އެފައިސާ ދައްކާފައެއް ނުވެއެވެ.

އެފްއޭގައި ހިންގަމުންދާކަމަށް ތުހުމަތުކުރެވޭ ޖިނާއީ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ވަނީ މީގެ އެއްހަފްތާ ކުރިން އެފްއޭއެމް ބަލާ ފާސްވެސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *