"ފަރޭ"ގެ ޕޯސްޓަރެއް

"ފަރޭ"ގެ ޕޯސްޓަރެއް

Author
ފާތިމަތު ނާވީ
03 ނޮވެމްބަރ 2023 05:02
0

މި މަހުގެ 24 ވަނަ ދުވަހުގައި ގެނެސްދިނުމަށް އިއުލާން ކޮށްފައިވާސަލްމާން ހާނަށް ބޮޑުބޭބެ ކިޔާ އަލީޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ފަރޭ"ގެ ޕޯސްޓަރެއް އާންމުކޮށްފި އެވެ.

ސަލްމާން ޕްރޮޑިއުސް ކުރާ މި ފިލްމް ގެ ޓިޒާ އެއް ވެސް މީހެ ކުރިން ވަނީ ދައްކައިލައިފައިއެވެ. މި ޓިޒާ އާއި އެކުގައި ފިލްމް ރިލީޒް ކުރާ ދުވަސް އިއުލާން ކުރި އިރުގައި މިއީ އަލީޒޭ ބޮލީވުޑްއަށް ތައާރަފްވާ ފިލްމްއެވެ.

އެ ޕޯސްޓަރު ސޯޝަލް މީޑިއާގައި އާންމުކުރީ ސަލްމާނެވެ. ފިލްމުގެ ޕޯސްޓަރު އާންމުކޮށް ސަލްމާން ބުނީ މިއަދު ޓްރެއިލާ ނެރޭނެ ކަމަށެވެ. އަދި މި މަހު 24 ގައި މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

22 އަހަރުގެ ޒުވާން އަލީޒޭ އަކީ ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު/މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގުނިހޯތުރީގެ ދަރިއެކެވެ.

"ފަރޭ" ގެ ކާސްޓްގައި ޒޭން ޝޯ، ސާހިލް މެހެތާ، ޕްރަސައްނާ ބިޝްޓްގެ އިތުރުން ރޯނިތު ރޯއި އާއި ޖޫހީ ބައްބަރް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.