"ދަ ލޭޑީކިލާ" މި މަހު 3 ގައި

"ދަ ލޭޑީކިލާ" މި މަހު 3 ގައި

Author
ފާތިމަތު ނާވީ
02 ނޮވެމްބަރ 2023 07:30
0

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ދަ ލޭޑީކިލާ" މި މަހުގެ 3 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް އިއުލާން ކޮށްފިއެވެ.

އަރުޖުން ވަރަށް ތަފާތު، ޑާކް ކެރެކްޓާއެއް ކުޅެފައިވާ އެ ފިލްމުގެ ޓްރެއިލާ ވަނީ މިދިއަ ހޯމަ ދުވަހުގައި ނެރެފަ އެވެ. މި ފިލްމުގައި ދައްކާނީ ވެސް ކުށުގެ ވެށިން ދިމާވާ ދެމީހަކުގެ މެދުގައި ލޯބީގެ ގުޅުން އުފެދި ހިނގާ ކަންތައްތަކެކެވެ.

 

View this post on Instagram

 

A post shared by Arjun Kapoor (@arjunkapoor)

މި ފިލްމުގެ ޕޯސްޓަރު މިހާރު އާންމުކޮށް ދައްކައިލައިފައި ވާއިރު ފިލްމުގެ ޑައިރެކްޓަރަކީ 2012ގެ ”ބީއޭ ޕާސް“ އާއި 2019ގެ ”ސެކްޝަން 375“ ފަދަ މޮޅެތި ފިލްމް ތަކެއް ޑައިރެކްޓް ކުރި އަޖޭ ބާލް އެވެ.

އަރުޖުންއާ އެކު މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ ބޫމީ ޕަޑްނޭކަރެވެ. މިއީ އެ ދެމީހުން އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. "ދަ ލޭޑީކިލަރ" އަކީ ޓީ ސީރީޒްގެ ބޫޝަން ކުމާރާއި ޕްރޮޑިއުސަރު ޝާއިލޭޝް ސިންގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.