ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ލަސްވާކަމަށް ޖޭއެސްސީއަށް ހުށަހަޅާ ޝަކުވާ ބެލުމުގައި މި ކޮމިޝަނުން ޢަމަލްކުރާނެ މިންގަނޑު އާންމުކޮށްފިއެވެ
ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި، ކޮންމެ ފަނޑިޔާރަކުމެ އެފަނޑިޔާރަކު ބެލުމަށް ޙަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވުމާއެކު، މައްސަލަތަށް ލަސްނުކޮށް ނިންމުމުގައި ފަނޑިޔާރުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިވޭތޯ ބެލުމުގައި މިކޮމިޝަނުން ރިޢާޔަތްކުރާނޭ މިންގަނޑު ޖޭއެސްސީން މިއަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ޝާއިޢުކޮށްފައިވާނެކަމަށެވެ. މި މިންގަނޑާ އެއްގޮތަށް ޢަމަލުކުރަން ފަށާނީ 2021 ޖެނުއަރީ 01 އިން ފެށިގެންކަމަށް ޖޭއެސްސީން ބުނެއެވެ.
މި މިންގަނޑުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ފަނޑިޔާރުންގެ ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް އަންގާފައިވޭތޯ އާއި އެގޮތަށް އެންގުމަށް ފަހު އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން އެ ފަނޑިޔާރަކު މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މަޢުލޫމާތު ދެމުން ގޮސްފައިވޭތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އިސް ފަނޑިޔާރުނަމަ، އެ ކޯޓުގެ ނުވަތަ ދާއިރާގެ ރިޕޯޓް އެކުލަވާލާފައިވޭތޯ ބެލުން. މައްސަލަ ނުނިމި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ ޖިނާޢީ މައްސަލައަކާ ގުޅިގެންނަމަ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 106 ވަނަ މާއްދާގެ (ހ) އާއި 116 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއާއި ގަޑި ކަނޑައަޅައި ތާވަލު މައްސަލައިގައި ހިމެނޭ ޚަޞްމުނަށް ދީފައިވޭތޯ ބެލިގެންދާނެއެވެ.
އަދި ފަނޑިޔާރުންގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި ކޯޓުތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ބ) އާއި 55 ވަނަ މާއްދާގެ (ބ) އާއި 68 ވަނަ މާއްދާގެ (ނ)ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސް ފަނޑިޔާރުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް އިސްފަނޑިޔާރުން އަދާކޮށްފައިވޭތޯ ބެލައި، ވަކި މުއްދަތެއްގައި ފަނޑިޔާރު ފިޔަވަޅު އަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކޮށްފައިވާ ކަމެއްގައި އެ މު ތަށް ލުކޮށްފައިވޭތޯ ބެލުމަށްވެސް ވަނީ ހެމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ