ތިލަފުށީ ފޭސް 2 ހިއްކުމަށް ކަނޑައޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަމަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިމިއްޖެކަމަށް އާބަންކޯއިން ބުނެފިއެވެ. އާބަންކޯއިން ބުނެފައިވަނީ، މިއީ 39.6 ހެކްޓަރގެ ސަރަހައްދެއް ކަމަށާއި، މި އޭރިއާ ހިއްކާ ނިމުމާ އެކު، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމުގައެވެ
އާބަންކޯއިން ބުނެފައިވަނީ، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމުގައެވެ. އެރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 71.5 ހެކްޓަރ ގެ ސަރަހައްދެކެވެ.
ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އަރބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަރ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގޭ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައި ވެއެވެ.
އާބަންކޯއިން ބުނެފައިވަނީ، މީގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގްތިސާ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމުގައެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން މި ސަރަހައްދަށް އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް އަންނާނެކަމަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ