ޒުވާން އުމުރުގައި މަސްވެރިކަމުގެ ދާއިރާއަށް ނިކުމެ ފާއިތުވީ 6 އަހަރުގައި މަސްވެރިކަމުގެ ދާއިރާގެ މަންޒަރާއި އަޑު ވަރަށް ކައިރިން ގެނެސްދީފައިވާނެ ކަމަށާއި މިއަދު އިންތިޒާރު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފޯނު ކޯލަކަށް ކަމުގައި ޒުވާން މަސްވެރިޔާ ބުނެފިއެވެ.
މަސްވެރިންގެ ދުވަހުގެ ޝުޢޫރުތަކާއި، ތަހުނިޔާއިން މުޅި ސޯޝަލް މީޑީޔާ ފުރާލާފައިވާއިރު ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނެފައިވަނީ މަސްވެރިކަމުގެ ދާއިރާގެ ވަރަށް ގިނަ ނުފެންނަ މަންޒަރާއި އަޑު ރައްޔިތުންނާއި ހަމަޔަށް ފާއިތުވެދިޔަ 6 އަހަރުގެ ތެރޭގައި ހިއްސާ ކޮށްފައިވާނެކަމަށެވެ. އަދި މިއަދު އެތަޖުރިބާއާއި، ކުރެވެމުންދާ އިހުސާސްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ހިއްސާ ކުރަން ބޭނުން ވާކަމަށެވެ. މިއަދު އެންމެ އިންތިޒާރު ކުރާނީވެސް ރައީސްގެ ފޯނު ކޯލަކަށް ކަމުގައި ސާޖިން ބުނެފައިވެއެވެ.
Masverikan promote kuran mihen camera nagaagen ulheythaa 6 anharu vejje. Adhi miyadhu aharen emme beynun vaa kamakee Raees @Ibusolih ah gulhaafa aharen ge hithuge shooru faalhu kohlan.??? pic.twitter.com/AwYDlgYjTV
— ?????? ????????? ??? (@ZuvaanMasveriya) December 10, 2020
ގއ ގެމަނަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހަސަން ސާޖިންގެ މުހިއްމު އެއް މަސައްކަތެއް އޮވެއެވެ. މަސްވެރިކަމަކީ 'ހަޑި' މަސައްކަތެއްގެ ގޮތުގައި ދެކޭ މީހުންނަށް އޭނާ ދައްކަމުން އަންނަނީ އެއީ ސަޅިކަމެއްކަމެވެ. އަދި މީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްކަމެވެ. ޒުވާނުން ނުކުންނަށް ޖެހިލުންވާ ޖެހޭ ދާއިރާއެއް ނޫންކަމަށް ބުނެދީ އޭނާ އަންނަނީ ރާއްޖޭގެ މަސްވެރިކަން ރާއްޖޭއާއި މުޅި ދުނިޔެއަށް އިސްތިހާރުކުރަމުންނެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ގިނަ މަސްވެރިންތަކެއް މަހަށް ނުގޮސް މިއަދު ދަނީ ކަނޑުމަތީގައި ޝޫޢޫރު ފާޅުކުރަމުންނެވެ. މަސްވެރިން ވަނީ އެމީހުނަށް ސަރުކާރުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ބުނެފައެވެ. މަސްވެރިކަމަށް ހަގު އަގު ހޯދައިދީ، ބާނާ މަހަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމާއި، މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދުމަށް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ