ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންވާކަން އެނގިއްޖެއެވެ.
އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ މިރޭ 23:40 ގައި ފުރާ ސިންގަޕޯ އެއަރލައިންގެ ފްލައިޓެއްގައެވެ. މި ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އިންތިޚާބީ ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކޮމެންޓު ފޮނުވާ