ނަސީމް، ޕީއެންސީ އަށް ސޮއިކުރެއްވި ފޯމް އަދުރޭ އާ ހަވާލު ކުރައްވަނީ.

މެމްބަރު ނަސީމް ޕީއެންސީ އަށް ސޮއި ކުރައްވައިފި

މެމްބަރު ނަސީމް ޕީއެންސީ އަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީ އަށް ސޮއިކުރައްވައިފި އެވެ.

ކ. ތުލުސްދޫ، ކ. ހިންމަފުށި އަދި ކ. ހުރާ ތަމްސީލް ކުރައްވާ ނަސީމް ޕީއެންސީ އަށް ސޮއިކުރެއްވި ފޯމް ހަވާލު ކުރައްވާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއެވެ. ނަސީމް ޕީއެންސީ އަށް ސޮއި ކުރެއްވި ކަން އިއުލާންކޮށްފައި ވަނީ ޕީޕީއެމުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަކަށް ނަސީމް ހޮވިވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ.

ނަސީމް "ހަބަރު އޮންލައިނަށް" މިއަދު ވިދާޅުވީ ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުނީ ޕީޕީއެމް/ޕީއެންސީގެ ގިނަ މެމްބަރުންގެ ތާއީދާ އެކުގައި ކަމަށެވެ. އެހެންވެ، ޕީއެންސީ އަށް ސޮއިކުރެއްވީ އެ މެމްބަރުންގެ އެދުމުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަސީމް ޕީއެންސީއާ ގުޅިވަޑައިގަތުމުން މަޖިލިހުގައި ތިއްބަވާ ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ. މަޖިލިހުގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ އަދިވެސް އެމްޑީޕީއެވެ. އެ ޕާޓީގައި 55 މެމްބަރުން އެބަ ތިއްބެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *