ޕީޕީއެމް/ޕީއެންސީން ހޮވޭ ކޮންމެ އަންހެން މެންބަރަކަށް ޚާއްޞަ އެލަވެންސެއް ދެއްވަނީ

ޕީޕީއެމް/ޕީއެންސީން ހޮވޭ ކޮންމެ އަންހެން މެންބަރަކަށް ޚާއްޞަ އެލަވެންސެއް ދެއްވަނީ

Author
އައިޝަތު އަޙްމަދު
29 އޮކްޓޯބަރ 2023 11:16
0

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރެއްވުމަށް ބާރު އެޅުމުގެ ގޮތުން، އަންނަ އަހަރު އޮންނަ 20 ވަނަ މަޖިލީހަށް ހޮވޭ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް ޚައްޞަ އެލަވެންސެއް ދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއްކަމަށެވެ. މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

– އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވަނީ  މީގެ ކުރިންވެސް މަޖިލީހަށް އަންހެން މެންބަރުން އިތުރުކުރެއްވުމަށް ހިތްވަރު ދެއްވާނެކަމަށް ވިދާޅުވެފައެވެ. އިންތިޚަބީ ރައީސް ވިދާލުވެފައިވަނީ ކުރިއަށް އޮތް މަޖިލީހުގައި93 މެންބަރުން އިންތިޚާބުކުރާއިރު، މަދުވެގެން 60 މެންބަރުން އެކޯލިޝަނުން ކާމިޔާބުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

ބޮޑަށް ރައްޔިތުން ބަލައިގަންނަ ބޭފުޅުންނަށް ވާން ބޭނުން. އަދި އަންހެން ބޭފުޅުން އަޅުގަނޑު ބޭނުން ވަރަށް ގިނަ ކުރަން. އެންމެ ރަނގަޅު ގޮތަކީ ތިންބައިކުޅަ އެއްބަޔަކީ އަންހެން ބޭފުޅުންނަށް ވާން. މިވަގުތު އެކަހަލަ ޤާނޫނެއް ނެތް. ކައުންސިލް ޤާނޫނުގަ އެބައޮތް. އެކަމު މަޖިލިސް ޤާނޫނުގައި ނެތް.

– އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ކޮންމެގޮތެއްވިޔަސް އަންހެން ބޭފުޅުން ނެރުމަށް ހިތްވަރު ދޭންޖެހޭކަމަށާއި، އެކޯލިޝަންގެ ޕްރައިމަރީގައި ވީހާވެސް ގިނައިން އަންހެނުން ބައިވެރިކުރަން މަސައްކަތްކުރައްވާނެކަމަށް

– ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މުޅި މަޖިލީހުގެ ތިންބައިކުޅަ ދެބައި ހޯދުމަކީ އަމާޒުކަމަށާއި، އެކަން ހާސިލްވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުސެނ
ޅިބޭެ މުސާރަ އަދިވެޗ މާ ކުޑަ ދޯ