އިހަވަންދޫގެ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓްވެ އެކަކު މަރުވެއްޖެ

އިހަވަންދޫގެ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓްވެ އެކަކު މަރުވެއްޖެ

ހއ. އިހަވަންދޫ ކައިރީގައި ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެއެވެ.

އެކްސިޑެންޓުގައި މަރުވެފައިވަނީ އިހަވަންދޫ ނަޔާޑޭޒީގެ، އަބްދުއްރަޝީދު މުހައްމަދު (68 އ) އެވެ.

ފުލުހުންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ އިހަވަންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުވަހަންދޫ ކައިރީގައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ތިންމީހަކަށް ފަރުވާދިނުމަށް އިހަވަންދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އެހެންނަމަވެސް އަބްދުއްރަޝީދު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

އެކްސިޑެންޓް ހިނގިއިރު އަބްދުއްރަޝީދަށް ހުރީ ދޯނި ދުއްވަން، ދޯނީގެ ކޮޅުފަސްކޮޅުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ދޯނީގައި ތިބީ އަބްދުއްރަޝީދުއާއި އޭނާގެ ދަރިފުޅުކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އިހަވަންދޫންއިން މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުގައި އެކްސިޑެންޓް އަބްދުއްރަޝީދު ނިޔާވެފައިވަނީ މޫދަށްވެއްޓިގެން ކަމަށެވެ. އަދި އޭނާ ފެނުނީ ހޯދަމުން ދަނިކޮށް، އެކްސިޑެންޓްވި ހުވަހަންދޫއަށްވުރެ އިހަންވަންދޫއާ ކައިރިން ކަމަށްވެސް މައުލޫމާތު ދިން މީހާ ކިޔައި ދީފައި ވެއެވެ.

އަބްދުއްރަޝީދު ކަނޑުން ނެގިއިރު އެއްވެސް ހަރަކާތެއް ނެތްއިރު، އޭނާ ބޮލާއި އަދި މޫނަށް އަނިޔާވެފައިވާކަމަށްވެސް މައުލޫމާތު ދިންފަރާތުން ކިޔައިދީފައިވެއެވެ.

އެސިޑެންޓްވި ދޯންޏާއި ލޯންޗުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ދެ އުޅަނދަށްވެސް މި އެކްސިޑެންޓުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގިވަގުތު ދޯނީގައި އެއްވެސް އަލިކަމެއް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *