ޔޫއެންއޯޑީސީއާ ގުޅިގެން ޖަލު އޮފިސަރުންނަށް ޕްރޮގްރާމެއް ހިންގައިފި

ޔޫއެންއޯޑީސީއާ ގުޅިގެން ޖަލު އޮފިސަރުންނަށް ޕްރޮގްރާމެއް ހިންގައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2023 11:14
0

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” އާއި ބެންގްކޮކް ރޫލްސް އާ ގުޅޭގޮތުން ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ފަންޑިންގ މެދުވެރިކޮށެވެ. ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ އައްސޭރި ޖަލުގައި އާއި ހުޅުމާލޭ ޖަލުގައި އަދި މާފުށީ ޖަލުގައެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަކޮށް 69 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގެ އަމާޒަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” ނުވަތަ ޖަލުތަކުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށާއި ބެންގްކޮކް ރޫލްސްއަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޕްރިޒަން އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުން ތަރައްޤީކުރުމެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓް މރ. އެލިއުޑް އޮޕިލޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.