އެދެނީ އައު ރައީސް ހުވާކުރާ ޖަލްސާއަކީ ޤާނޫނީ ސުވާލު ނެތް ޖަލްސާއަކަށްވުމަށް: އެމްޑީޕީ

އެދެނީ އައު ރައީސް ހުވާކުރާ ޖަލްސާއަކީ ޤާނޫނީ ސުވާލު ނެތް ޖަލްސާއަކަށްވުމަށް: އެމްޑީޕީ

Author
އައިޝަތު އަޙްމަދު
26 އޮކްޓޯބަރ 2023 03:28
0

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަސައްކަތްކުރައްވާކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއްނޫކަމަށެވެ. އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް އެޕާޓީން ދެކޭކަމަށް އެމްޑީ÷ީން ނެރުނު ނޫސްބަޔާނެއްގައިވެއެވެ. އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުންކަމަށާއި، އެހެންނަމަވެސް މަޖިލިސްގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަންކަމަށް އެމްޑީޕީން ބުންޏެވެ.

ރިޔާސީ އައު ދައުރެއްގެ ފެށުން ނުހަނު ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް މިޕާޓީން ފުރުސަތެއް ނުދޭނެކަމަށް ބުނެފައިވެއެވެ. އެޕާޓީން އެދެނީ އިންތިހާބީ ރައީސާއި ނައިބްރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުންކަމަށާއި، އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް މިޕާޓީން ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ޤާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރަށް ވާއިރު، ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަންވެސް ފާހަގަކުރަމެވެ.

– އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަދަނީ އަހަންމަދު
ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އޮބަހައްޓާ ސަރުކާރު ޖަވާބުދާރީ ކުރުވީމަ ކަލޭމެނަށް ކަމަކުނުދިޔަ. ސުޕަރ މެޖޯރިޓީއަކާއެކު ކަލޭމެން މަޖިލީހަށް ގެނުވީ ވެރިކަމުގައި ހުންނަ މީހާގެ އަތްދަށުން ޕްރޮޖެކްޓް ހޯދައި، އެއިން ބިޔަ ކަޓުނަގާކަށް ނޫނޭ. ނަޝީދު އޭނާގެ ރޯލު އަދާކުރީ ހަމަ ރަނގަޅަށް. ކަލޭމެން ހިތްފުރޭ ވަރުނުވީމަ ތިޔަ ހާސަރުތަކެއް ތިޔަ ދަމަނީ. މިހާރު ތިޔަ އުޅެނީ ރިޔާސީ އިންތިޚާބަށް ވޯޓު ގަންނަން މިލިޔަނުން ހަވާލުކުރި ފައިސާތައް ނުބަހާ ދިރުވާލާލީމަ ވޯޓުން ބަލިވެ އިބޫ އެކަމާއި ރުޅިއައިސްގެން އއތިވަރު ގޮވީމަ މަތިއަޅައި އިބޫ ހިންހަމަ ޖައްސަން، ބަދަލުގައި އަންނި ހޭއަރުވާލަން. ބަލަ މަމެން ނިކަން ރަނގަޅަށް ދެނަހުރީމޭ ވީގޮތާއި ތިޔަ ވާންއުޅޭ އެއްޗެއް. އާޚިރުގަ ކަލޭމެންގެ ސިޔާސީ ކުޅިވަރު ތިޔަ ކަފުންވަނީ. ޖަނާޒާ ބާއްވަން މަމެން މި ތައްޔާރުވަނީ. ހަރާންކޯރު ބައެއް ތިޔަ އެމްޑީޕީ އެމްޕީންނަކީ.
ޖ ޖޯޖު ބުސް
ދިވެހި މުސްލިމުންނޭ މިއީހަމައެބުނުއްވާމާތް ޑިމޮކްރަސީ މިދަތްޖާލަކު މިތަނަށްވަޑައިގަތްތާ މިހާރު20އަހަރާގާތްވެއްޖެ އަޅުގަނޑުގެ ސުވާލަކީ މިއެއްޗަކު މިމުސްލިމުންނަށް ގެނެސްދިނީ ކޮންއެއްޗެއްތޯއޭ އަޅުގަނޑުމެން ނައް ފެނުނީ ތަންފަސާދަ ކުރާތަނެއްނޫންތޯ ވައްކަން ކޮރަޕްސަން މިއެއްނޫންތޯ މިފެންނަނީ މިލާދީނިއްޔަތު ބުނީ ކަލޭމެނަކަށް ނުވިޔޭފައިބާށޭ އެކަމަކު ހަމަ މިކަލޭގެއެބަބުނޭ ނޫނެކޭ އަހަރެމެން ނުފައިބާނަމޭ ހާދަހާ މޮޅު ޑިމޮކްރަސީއެކޭ ބަނޑުއަޅާ ވިހާ ބަލާ ބޮޑުކުރީމާވެސް ބުނީ ނުފައިބާނަމޭ މިވަރު ފުކެއްބޮޑު ދޯ ދޯ.
އ އެދުރު ސަލީމް
ލާދީނީ ޓެގަކީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްޗެއް. ތިހެން ގޮވާ ގިނަ މީހުންނަކީ ނަމާދު ނުކުރާ، ހަރާމް ފައިސާގައި ހުނިޖަހާ ބައެއް. އަސްލަކީ ނަމާދު އަޅާފައިތިބޭ އެންމެންގެ އެ ނުބައި ޢަމަލަކީ އެންމެ ބޮޑު ލާދީނިއްޔަތުކަން. މުސްލިމުކަމާއި ކާފަރުކަމާއި ދެމެދުގައިވާ ފާރަކީ، ނުވަތަ އަހުދަކީ ނަމާދު. ނަމާދު އެޅުމަކީ މީހާ ކާފަރުވާ ކަމެއް. ލާދީނީއޭ ގޮވާ މީހުން ތިމާގެ އަމިއްލަ ހާލަތު ދެނެގަނެ ވިސްނާލުން ރަނގަޅު. ދީނަކީ ޗޮއިސްއެއް ނޫން. އިސްލާމް ދީން ނޫން ދީނެއް ﷲ ގަބޫލު ނުކުރައްވާކަން ޤުރުއާނުގައި ވަރަށް ސާފުކޮށް ބަޔާން ވެފައިވޭ.