މަސްވެރިންނަށް ވީ ވަޢުދު ފުއްދުމަށް، ޣައްސާން ސަރުކާރަށް ގޮވާލައްވައިފި

މަސްވެރިންނަށް ވީ ވަޢުދު ފުއްދުމަށް، ޣައްސާން ސަރުކާރަށް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
10 ޑިސެމްބަރ 2020 01:10
0

މަސްވެރިންނަށް ވީ ވަޢުދު ފުއްދުމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ސަރުކާރަށް ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިކަމުގެ ދުވަހުގެ މުނާޞަބަތުގައި ދުވަހުގެ ހެޔޮ އެދުންތައް އެންމެހާ މަސްވެރިންނަށް ކުރައްވަމުން، ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްވެރިކަމަކީ ޤައުމުގެ ލޭނާރުކަމަސާއި، އެއީ ދިވެހި އިޤްތިޞާދުގެ ފުރަތަމަ ތަނބުކަމަށެވެ. ކަނޑުރޯއްޖަށް ވާ ބަރޯސާ އިތުރުކުރުމުގެ މުހިންމުކަން މިއަހަރު ސާބިތުވެއްޖެކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. އެއާއެކު މަސްވެރިންނަށް މިސަރުކާރުން ވީ ވަޢުދުތައް ފުއްދުމަސްވެސް ޣައްސާން ގޮވާލެއްވިއެވެ.

މަސްވެރިންނަށް ވީ ވަޢުދުތައް ފުއްދުމަށް ސަރުކާރަށް އިލްތިމާސްކުރަމުން ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ހިތުގެ އަޑިން ދަންނަވަން

– ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން

ޣައްސާން މިކަމަށް ގޮވާލައްވާފައިވާއިރު، މިސަރުކާރުން މަސްވެރިންނަށް ވީ ވަޢުދު ނުފުއްދާކަމުގެ ކަންބޮޑުވުންތައް މަސްވެރިން ދަނީ ކުރަމުންނެވެ. ޚައްޞާކޮށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭކަމުގެ ކަންބޮޑުވުން މަސްވެރިން ދަނީ ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.