ހުޅުމާލެ ފޭސް 3ގެ ސައިޓް އޭ އެއްކޮށް ހިއްކައި ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ފޭސް 3ގެ ސައިޓް އޭ އެއްކޮށް ހިއްކައި ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފަށައިފި

Author
ހުސެއިން
20 އޮކްޓޯބަރ 2023 06:50
0

ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައި ސައިޓް ބީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން ބުނެފިއެވެ. ހުޅުމާލޭ ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރެވެ.

ސައިޓް ބީ ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު ތިރީގައިވާ ފޮޓޯގައި ރަތް ކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގައިވާ އުޅަނދުތައް 22 އޮކްޓޯބަރ ވާ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށްވެސް އާބަންކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހުޅުމާލެ ފޭސް3ގެ ބިން ހިންކާތީ ކަނޑުގެ އުޅަނދު ހުސްކުރުމަށް އާބަންކޯއިން އަންގާފައިވާ ސަރަހައްދު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއްކަމަށް އާންބަންކޮއިން ބުނެފައި ވެއެވެ.

އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއް ކަމަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސައުދިޔާ
ދުވަހަކު ވެސް މާލޭ މީހުންނަކަ ގެދޮރުގެ ދަތިކަން ނުފިލާނެ. އެހެން ނަމަ ފޭސް 1 އިން ފިލާނެ. ފޭސް 2 އިން ފިލާނެ. 25 ބުރި ފުލެޓުން ފިލާނެ.