ޝާހިދާއި ޕޫޖާގެ ފިލްމްގެ ޝޫޓިންގ ފަށައިފި

ޝާހިދާއި ޕޫޖާގެ ފިލްމްގެ ޝޫޓިންގ ފަށައިފި

Author
ފާތިމަތު ނާވީ
15 އޮކްޓޯބަރ 2023 02:20
0

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ޝާހިރު ކަޕޫރު އާއި ޕޫޖާ ހޭގްޅޭ ފިލްމް އަކަށް ސޮއިކުރި ފިލްމް "ކޮއީ ޝަކް"ގެ ޝޫޓިން ފަށައިފައިއެވެ.

މި އެކްޝަން އެޑްވެންޗާ ތުރިލާގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް އިއްޔެ އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ. މި ފިލްމަކީ ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ޕްރޮޑިއުސަރު އަދިތިޔާ ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ އެއްޗެކެވެ.

މި ފިލްމް ބިނާވެފައި ވަނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ކަމަށް ވެއެވެ. ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ ދެކުނުގެ ވަރަށް ގިނަ މަޝްހޫރު ތަރިންނާ އެކީ މަސައްކަތްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ރޯޝަން އެންޑްރޫސް އެވެ.

 

View this post on Instagram

 

A post shared by Roy Kapur Films (@roykapurfilms)

މި ފިލްމް އަކީ ޝާހިދު އާއި ޕޫޖާގެ ޖޯޑު ބޮޑު ސްކްރީން އިން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމް އަކީ އައު ޖޯޑެއް ބޮލީވުޑް އަށް އުފަންވެގެން ދާނެ ކަހަލަ ފިލްމް އަކަށް ވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.