މިހާރު އެންމެ ބޭނުން ވަނީ ޑައިރެކްޓަރު މަނީ ރަތްނަމް އާއި އެކުގައި ފިލްމް އެއްގެ މަސައްކަތް ކުރުމަށް ކަމަށް މަޝްހޫރު ބަތަލާ ކާޖޮލް ބުނެފިއެވެ.
މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއް ގައި ކާޖޮލް ބުނީ މަނީގެ ފިލްމަކަށް ވަރަށް އުންމީދު ކުރެވޭ ކަމަށްށެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުނީ އެކީގައި މަސައްކަތްކުރަން މިހާރު އެންމެ އުންމީދު ކުރެވޭ ޑައިރެކްޓަރަކީ މަނީ ރަތުނަމް ކަމަށެވެ.
އާންމުކޮށް ތަމަޅަ ފިލްމު ހަދާ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ބަތަލާ އައިޝްވާރިއާ ރާއީ މުހިއްމު ރޯލެއް އަދި މި އަހަރުގެ އެޕްރީލްގައި ދެވަނަ ބައި ގެނެސްދިން "ޕޮނިޔިން ސެލްވަން 2″ އެވެ.
އެ ފިލްމް ދެބަޔަކަށް މިހާރު ގެނެސްދީފައި ވާއިރުގައި އެ ދެބަޔަށް ވެސް ވަނީ ބޮޑޫ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބިފައިއެވެ. އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލް ބުނީ މަނީ ރަތުނަމް އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނަގެ ފިލްމުތައް އަބަދު ވެސް ވަރަށް ކަމުދާ ކަމަށެވެ.
ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ ޖުލައިގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ސީރީޒް "ދަ ޓްރަޔަލް" އިންނެވެ.
ކޮމެންޓު ފޮނުވާ