ސޯފީ އާއި ޕްރިޔަންކާ އިންސްޓަގްރާމްގައި އެކަކު އަނެކަކު އަން-ފޮލޯކޮށްފި

ސޯފީ އާއި ޕްރިޔަންކާ އިންސްޓަގްރާމްގައި އެކަކު އަނެކަކު އަން-ފޮލޯކޮށްފި

Author
ފާތިމަތު ނާވީ
15 އޮކްޓޯބަރ 2023 09:33
0

ފަހަރިން ކަމުގައިވާ ދެ ބަތަލާއިނ، ސޯފީ ޓާނާ އާއި ޕްރިޔަންކާ ޗޯޕްރާ، އިންސްޓަގްރާމްގައި އެކަކު އަނެކަކު އަން-ފޮލޯކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުން ސޮފީ އާއި ޖޯއި ޖޯނަސްގެ ކައިވެނި ނިމުމަކަށް އައި ފަހުން ޖޯގެ އާއިލާގެ އެއްވެސް މީހަކާ ސޯފީ ގާތް ގުޅުމެއް ނުބާއްވަ އެވެ. ޖޯއީ އަކީ ޕްރިޔަންކާގެ ފިރިމީޔާ ނިކްގެ ބޭބެއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ޖޯއީ އާއި ސޯފީ ގެ 4 އަހަރުވީ ކައިވެނި ރުޅާލީ މިދިއަ މަހުގެ ތެރޭގައިއެވެ. މި ކައިވެނިން އެމީހުންނަށް ވަނީ ދެ ކުދިންވެސް ލިބިފައިއެވެ. އެމީހުން ވަކިވާން ނިންމި ސަބަބެއް މިހާތަނަށްވެސް ބުނެފައިއެއް އެއް ނުވެއެވެ.

ސޯފީ ވަނީ އިންސްޓަގްރާމުން ޕްރިޔަންކާ އަން-ފޮލޯކޮށްފަ އެވެ. އަދި ޕްރިޔަންކާ ވެސް ވަނީ ސޯފީ އަން-ފޮލޯކޮށްފަ އެވެ. ސޯފީ ޕްރިޔަންކާ އަން-ފޮލޯކުރި ނަމަވެސް، ޖޯ އާއި ޖޯގެ ބޭބެ ކެވިން ޖޯނަސް އަދި އެމީހުންގެ މަންމަ ޑެނީސް މިލާ ޖޯނަސް އަށް ފޮލޯކުރެ އެވެ. އަދި ޕްރިޔަންކާގެ ފިރިމީހާ ނިކް އަށް ވެސް އޭނާ އަދިވެސް ފޮލޯކުރެ އެވެ.

 

View this post on Instagram

 

A post shared by S O P H I E T U R N E R (@sophiet)

 

ނިކްއާ ކައިވެނި ކުރި ފަހުން ޕްރިޔަންކާ އާއި ސޯފީ އަކީ ވަރަށް ގާތްކޮށް އުޅުނު ދެމީހުންނެވެ.ޖޯއީ އާއި ސޯފީ އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އެންޖޭޖުވެ، ކައިވެނިކުރީ 2019 ވަނަ އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.