އަންނަ އަހަރުގެ ބަޖެޓަކީ 50.6 ބިލިއަން ރުފިޔާކަމަށް ލަފާކޮށްފި

އަންނަ އަހަރުގެ ބަޖެޓަކީ 50.6 ބިލިއަން ރުފިޔާކަމަށް ލަފާކޮށްފި

ގުޅުންހުރި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 50.6 ބިލިއަނަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.

އެމިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި  ސްޓްރެޓެޖީ ރިޕޯޓްގައި ވަނީ، 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާކަމށެވެ. އެއީ މިހާރު ހިނގަމުންދާ އަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދެދެކެވެ.

އަންނަ އަހަރު ބަޖެޓުގެ ޚަރަދު 48 ބިލިއަނަށް އަރާނެކަމަށް ރިޕޯޓުގައިވެއެވެ. އަދި ރިކަރަންޓު ޚަރަދުގެ ގޮތުގައި 32.7 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ޚަރަދަކީ 14.9 ބިލިއަންކަމަށްވެސް އެ ރިޕޯތްގައި ލަފާކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9.8 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 8.5 އިންސައްތައެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް އެ އަހަރު ހުންނާނެކަމަށް ލަފާކުރެވެނީ 4.5 ބިލިއަން ރުފިޔާގައިކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.9 އިންސައްތައެވެ. އަންނަ އަހަރު ވެސް ދައުލަތުގެ ދަރަނި ހުންނާނެކަމަށް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރާއިވެސް ދާދި އެއްވަރެއްކަމަށްވާ 111 ބިލިއަން ރުފިޔާގައެވެ.

މި ރިޕޯޓްގައި މި ޢަދަދުތައް ފާހަގަކޮށްފައި ވީނަމަވެސް ހަގީގީ ބަޖެޓުގެ އަދަދުތައް އެނގޭނީ ފިނޭންސް އިން މަޖިލީހަށް ބަޖެޓު ހުށައެޅުމުންނެވެ. އެގޮތުން މިމަހު ބަޖެޓު މަޖިލީހަށް ފޮނުވާނެއެވެ.

ބަޖެޓު އެކުލަވާލާ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިންތިޚަބީ ރައިސް ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންވެސް ބަޖެޓު އެކުލަވާލުމުގައި ދަނީ ބައިވެރިވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ