ފަލަސްތީނާއެކު ދިވެހިން ތިބިކަން ދައްކާލުން-/ ފޮޓޯ: ވޮއިސް

އެތައް ސަތޭކަ ބަޔަކު އެއްވެ ފަލަސްތީނާއެކު ދިވެހީން ތިބިކަން ދައްކާލައިފި

އެތައް ސަތޭކަ ބަޔަކު އެއްވެ ފަލަސްތީނާއެކު ދިވެހީން ތިބިކަން ދައްކާލައިފި

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބިކަން މިއަދު ދައްކާލައިފިއެވެ.

އިސްރާޢީލުގެ ޖައްބާރު ސިފައިންގެ އުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާއިރު ދިވެހިން އަބަދުވެސް ގެންދަނީ އިސްރާޢީލުގެ އެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރަމުންނެވެ.

ފަަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ސަހްޔޫނީ ޔަހޫދީން އެޤައުމުގައި ހިންގަމުންގެންދާ ލާއިންސާނީ ޢަމަލިތަކާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނަށް ތާޢީދުކޮށް މިއަދު ވަނީ ރާއްޖޭޣެ އެކި ކަންކޮޅުތަކުގައި ބޮޑު އެއްވުންތައް ބާއްވާފައެވެ. އެގޮތުން މާލޭގައިވެސް ގިނަ ހަރަކާތްތަކެއް ހިންގިއެވެ. މާލޭގައި ރަސްފަންނު ސަރަހައްދުގައި ވަނީ ސައިކަލު ބުރެއް ބާއްވާފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާ ބޭއްވި އެ ސައިކަލު ބުރުގައިވެސް އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.

އަދި އޭގެފަހުން ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި، ޒުވާނުން ވަނީ ފަލަސްޠީނުގެ ދިދައިގެ ކުލަތަކުގެ ހެދުމާއި، އެޤައުމުގެ ދިދައާއި، އެކުލަތަކުގެ އެކި ފޮތިތައް ހިފައިގެން ފަލަސްތީންގެ ބިންތައް ޔަހޫދީން ދޫކޮށް ދިއުމަށް ގޮވާލާ އަޑުއުފުލާފައެވެ.

މި ހަރަކާތުގެ ބައިވެރިން ވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމަށްވާ މަސްޖިދުލް އަލް އަޤްޞާއަށް ހަމަލާދިނުން ކުށްވެރިކޮށްފައެވެ.

މި އެއްވުންތައް މާލޭގެ އިތުރުން އަތޮޅުތަުގެ ރަށްތަކުގައިވެސް ކުރިއަށް ގެންދިޔައެވެ.

ޔަހޫދީ އިސްރާޢީލުން މިހާރު ވެސް ވަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. މި އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 1,537 އަށް އަރައެވެ. އަދި, 6,612 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރާއި ޢިމާރާތްތަކަށެވެ. ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށެވެ. އެމްބިޔުލާންސްތަކަށް ވެސް ރައްކަލެއް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *