ޝެހެނާޒް އެޑްމިޓް ކޮށްފި

ޝެހެނާޒް އެޑްމިޓް ކޮށްފި

Author
ފާތިމަތު ނާވީ
13 އޮކްޓޯބަރ 2023 09:31
0

"ބިގް ބޮސް 13″ އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޝެހެނާޒް ގިލް ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝެހެނާޒް ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާދޭން ޖެހުނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ތެންކްޔޫ ފޯ ކަމިންގް"ގެ ޕްރޮމޯޝަންތަކުގައި އުޅެމުން ދަނިކޮށް ކާނާ ވިހަ ވެގެންނެވެ.

އޭނާ ހޮސްޕިޓަލު ގައި އެޑަމިޓްކޮށް ފަރުވާ ދެމުން އަންނަ އިރުގައި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ. އަދި އޭނާ އަންނަނީ ރަނގަޅު ވަމުން ކަމަށް ވެސް ވެއެވެ. އޭނާ އަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ކޮކިލާބެން އަމްބާނީ ހޮސްޕިޓަލުގައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

"ތެންކްޔޫ ފޯ ކަމިންގް" ވަނީ މިމަހުގެ 6 ވަނަ ދުވަހުގައި ރިލީޒް ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.