ފަލަސްތީނު މުސްލިމުންނަށް ލިބޭ އަނިޔާތަކާ ގުޅިގެން ގުނޫތު ކިޔަން ނިންމައިފި

ފަލަސްތީނު މުސްލިމުންނަށް ލިބޭ އަނިޔާތަކާ ގުޅިގެން ގުނޫތު ކިޔަން ނިންމައިފި

ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ގުޅިގެން ރާއްޖޭގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދީ، އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވާ ކަމަށެވެ.

ގުނޫތު ކިއާނީ އަޑުއަހަރުކޮށް، ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައެވެ.

"މި ސާކިއުލާއާ އެއް ހީރަސް ކުރެވިފައިވާ ގުނޫތު ނާޒިލާ ކިއުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގަވައި ދެއްވުން އެދެމެވެ،" ސާކިއުލާގައިވެއެވެ.

މި އެންގުން އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނީ  މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލްގެ އިދާރާ އާއި އަތޮޅު ކައުންސިލް އިދާރާ އާއި ރަށު ކައުންސިލްތަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފަލަސްތީނުގެ މުޖާހިދުން ދަނީ އިސްރާއީލަށް މެދުކެނޑުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެމީހުން ހަމަލާދޭން ފެށީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް އަނިޔާ ކުރުމާއި އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާތީއެވެ.

ފަލަސްތީނުގެ ޣައްޒާ އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވައިގެ މަގުން ބޮން އަޅައި ފަލަސްތީނުގެ ގިނަ ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *