މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓިއްޖެ

މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓިއްޖެ

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2023 08:10
0

މާލޭގައި ގެއެއްގެ ބެލްކަންޏެއް ވެއްޓިއްޖެއެވެ.

ވެއްޓިފައިވަނީ މާފަންނު ފަރީދީ މަގު، ފަތަހަސުންބުލި ފިހާރަ ކައިރީ އިން އިމާރާތެއްގައި ކޮންކްރީޓުން ހަދާފައިވާ ބެލްކަންޏެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް، މުދަލަކަށް އަދި އުޅަނދަކަށްވެސް ގެއްލުންވެފައި ނުވެއެވެ. އެގެ ހުންނަނީ ދުއްވާ އެއްޗެއްސައް ނުވަދެވޭކަހަލަ ގޯޅިގަނޑައެއްގައެވެ.

ވެއްޓިފައިވަނީ 4 ފަންގިފިލާއަށް ހަދާފައިވާ އެ ގޭގެ 2ވަނަ ފަންގިފިލާގެ ބެލްކަންޏެއެވެ. އެއީ ގާތްގަނޑަކަށް ދިހަވަރަކަށް ފޫޓުގެ ކޮންކްރީޓް ބެލްކަންޏެކެވެ.

އެ އިމާރާތަކީ ބަައުވުމުގެ ސަބަބުން، މީހުން ކުރިންވެސް ހުސްކޮށްފައިވާ ގެއެއްކަމަށް، އެ ސަރަޙައްދުގައި އެވަގުތު ހަރަކާތެރިވި ބައެއް އާއްމުން ބުނެފައިވެއެވެ.

އެ ސަރަޙައްދުގައި ފުލުހުންނާއި ސިޓީ ކައުންސިލުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެކަން އަންނަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.