ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

Author
އަހުމަދު
10 އޮކްޓޯބަރ 2023 08:07
0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައްޔިތުންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މަޖިލީހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ އާއި އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖިލިހުގެ އިދާރާ އިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ބައްދަލުވުން ނުވަތަ ޖަލްސާ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ބާއްވާ ގޮތަށް ނިންމައިފައެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައެވެ.

މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުވާ ކުރެއްވީ ނޮވެމްބަރު 17، 2018 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.