ސަރުކާރު އެކުލަވާލުމުގައި ޑިމޮކްރެޓްސްގެ މަޝްވަރާ ހޯދައިފި

ސަރުކާރު އެކުލަވާލުމުގައި ޑިމޮކްރެޓްސްގެ މަޝްވަރާ ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2023 01:39
0

އަލަށް އުފައްދާ ސަރުކާރަކީ އަދުލު އިންސާފު ގާއިމުވެފައި އޮތް، ހަމަހަމަކަމާއެކީގައި ހިދުމަތް ފޯރުކޮށްދޭ ސަރުކާރަކަށް ހެދުމަށް އިންތިހާބީ ރައީސްގެ އޮފީހުން ޑިމޮކުރެޓުންގެ ހިޔާލާއި މަޝްވަރާ ހޯދައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހަށް މިއަދު ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންތިޤާލީ ކޮމެޓީގެ ޗެއާ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ އެތަނެއްގައި އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުވެފައި އޮތުން ކަމަށެވެ.

އެހެންކަމުން މިއަދުގެ ބައްދަލުވުމުގައި އެފަދަ ސަރުކާރެއް އެކުލަވައިލުމަށް ޑިމޮކުރެޓްސްގެ ހިޔާލާ މަޝްވަރާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބޭފުޅުންނަކީ މީގެ ކުރީގައި ވެސް ސަރުކާރު ހިންގަވާފައި ތިއްބެވި ބޭފުޅުންނަށް ވީމާ، އެ ސަރުކާރުގައި އެ ބޭފުޅުންނަށް ކުރެވިފައި ހުރި ތަޖުރިބާ އަޅުގަނޑުމެންނާ ހިއްސާ ކުރެއްވީ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ އަދުލުއިންސާފު ގާއިމްވެފައި އޮތް ހަމަހަމަކަމާ އެކީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން ކަމަށާއި އެކަމާ ބެހޭ ގޮތުން ޑިމޮކްރެޓްސްގެ ހުރި ވިސްނުންތައް ހިއްސާ ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ދިމާވެފައި ހުރި އެކިއެކި މައްސަލަތަކާ ގުޅިގެން ކުރަންޖެހުނު ތަޖުރިބާއާއި އެކަންކަމުގެ އަލީގައި ކުރިއަށް ދާނެ ގޮތާމެދު ޑިމޮކުރެޓުންގެ ހިޔާލު ހުރިނެތް ގޮތް އެ ޕާޓީގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ހިއްސާ ކުރި ކަމަށެވެ.

އަބްރުއްރަހީމް ވިދާޅުވީ ދެން އުފެެދޭ ސަރުކާރަކީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައި ހިނގާ ސަރުކާރަކަށް ހެދުމަށް ޑިމޮކުރެޓުންގެ އަސްލު ލީޑަރު، މުހައްމަދު ނަޝީދު ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.

އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ތައުލީމާއި ގާބިލްކަމަށް ބަލައި އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Ibbe
Ekanengi kureegai adhurey ah ekan nukurevuneekeevve
Ekanengi kureegai adhurey ah ekan nukurevuneekeevve