ބަޖާޖާއި ޕްރޭނާ ކުޅުނީ އިޝްތިހާރެއް

ބަޖާޖާއި ޕްރޭނާ ކުޅުނީ އިޝްތިހާރެއް

Author
ފާތިމަތު ނާވީ
12 އޮކްޓޯބަރ 2023 08:25
1

2001 ވަނަ އަހަރު ގެނެސްދިން މަޝްހޫރު ސިލްސިލާ ޑްރާމާ "ކަސޯޓީ ޒިންދަގީ ކީ" ގެ ލީޑުން ފެނިގެންދިއަ ޕްރޭނާގެ ރޯލު ކުޅުނު ޝްވެތާ ތިވާރީ އާއި ބަޖާޖްގެ ރޯލު ކުޅުނު ރޯނިތު ރޯއި އަލުން އެކީގައި އަންނަން އުޅޭކަމުގެ އިޝާރާތެއް ދީފައި ވަނިކޮން އެމީހުން އެކުގައި ކުޅުނީ އިޝްތިހާރެއްކަން މިހާރު އެގިއްޖެއެވެ.

މި ދެ މީހުން އެކީގައި ފެންނަން އުޅޭކަމުގެ އިޝާރާތެއް ދިނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއާ އެކީ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ބަޖާޖާއި ޕްރޭނާ އަލުން ސިލްސިލާއަކަށް އަންނަނީ ކަމަށެވެ.

ނަމަވެސް ހީކުރި ގޮތާއި ހިލާފަށް އެދެމީހުން ފެނިގެންދިއައީ ސެންޓް އިޝްތިހާރަކުންނެވެ. ދެ ތަރިން އެކީގައި ބެލުންތެރިންނަށް ދޫކޮށްލީ "އެންގޭޖް" ކިޔާ ސެންޓެއްގެ އިޝްތިހާރެވެ. މި އިޝްތިހާރުން ވެސް ބަޖާޖާއި ޕްރޭނާގެ ލޯބި ކެމިސްޓްރީ ފެނިގެން ދެ އެވެ. އިޝްތިހާރު ދެ ތަރިންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެއެވެ.

 

View this post on Instagram

 

A post shared by Shweta Tiwari (@shweta.tiwari)

އެކްތާ ކަޕޫރް ޕްރޮޑިއުސްކުރި ސިލްސިލާ "ކަސޯޓީ" އަކީ ސްޓާ ޕްލަސް 2001-2008 އަށް ގެނެސްދިން ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ. ހާއްސަ ކޮން ބަޖާޖް އާއި ޕްރޭނާގެ ކެރެކްޓާ ތަކަކީ މިހާރު ވެސް އާންމުންގެ މެދުގައި ވަރަށް މަޝްހޫރު ދެ ކެރެކްޓާއެވެ. ދިވެހިންގެ މެދުގައިވެސް މި ޑްރާމާ އަކީ ވަރަށް ހިންގި ޑްރާމާއެކެވެ.

މި ސިލްސިލާ ޑްރާމާ އާއި އެކުގައި ޝްވޭތާ އާއި ރޯނިތު ވަރަށް ބޮޑަށް އާންމުންގެ މެދުގައި މަޝްހޫރު ވެގެންދިއައެވެ. މިއަދު ވެސް އެމީހުންނަށް މުހާތަބު ކުރާ ނަމަކަށް ބަޖާޖް އަދި ޕްރެނާ ވަނީ ވެގެން ގޮސްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.