ބަގުލަދޭޝްގެ ރައިޝާ ޝެއިހް ހަސީނާގެ ބައްޕަ މުޖީބުއް ރަހުމާންގެ ވާހަކަ ކިޔައިދޭ ފިލްމެއް ނެރެން ތައްޔާރުވެއްޖެއެވެ.
"މުޖީބު: ދަ މޭކިން އޮފް އަ ނޭޝަން" ގެ ނަން ދިފައިވާ މި ފިލްމްގައި އޭނަގެ ރޯލު ކުޅެފައި ވަނީ ބަންގްލަދޭޝްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އަރިފިން ޝުވޫ އެވެ. މި ފިލްމްގައި މުޖީބުރް ގެ އެންމެ ކުޑަ ދުވަސްވަރުން ފެށިގެން އޭނާ މަރާއި ހަމައަށް ގިނަ ކަންތަށްތަކެއް ދައްކުވައިދޭނެއެވެ.
ސިފައިގެ ބަގާވާތުގައި މުޖީބުރް އާއި އޭނާގެ އާއިލާ އެކުގައި މަރާލީއެވެ. އޭރު ޝެއިހް ހަސީނާ ހުންނެވީ ވެސްޓް ޖަރުމަނުގައި ކަމުން އެކަމނާ ފިޔަވާ އެއާއިލާގެ އެންމެން އެބަގާވާތުގައި މަރައިލީއެވެ.
ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބައްޕަ މުޖީބުރް އަކީ ބަންގްލަދޭޝްގައި އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސާ ޝަހުސިއްޔަތެވެ. އޭނާ އަކީ ގައުމު ބިނާކުރުމުގެ ބާނީގެ ގޮތުގައި މަޝްހޫރު ޝަހުސިއްޔަތެކެވެ.
މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކޮށްފައި ވަނީ އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ޝިއާމް ބެނެގާލް އެވެ. ނެޝަނަލް އެވޯޑް ހޯދާފައިވާ މި ޑައިރެކްޓަރަކީ "ޒުބޭދާ" އާއި "އަންގޫރު" އާއި "ޖުނޫން" އަދި "މަންޑީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ކޮމެންޓު ފޮނުވާ