ކުޑައިރު އުޅުނީ ވަރަށް ފަގީރުކޮށް: ޕަރިނީތީ

ކުޑައިރު އުޅުނީ ވަރަށް ފަގީރުކޮށް: ޕަރިނީތީ

Author
ފާތިމަތު ނާވީ
06 އޮކްޓޯބަރ 2023 09:21
0

މިދިއަ މަހުގައި ކައިވެނި ކުރި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ މީޑިއާތަކުގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ލޯބިވެރިޔާ ރާގަވް ޗައްޑާ ގެ ކައިވެނީގެ ކަންތަށް ތަކުގެ ހަބަރުތަށް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފައި ވާއިރުގައި އޭނާ ގެ ކައިވެނީގެ ވީޑިއޯ އާއި ފޮޓޯތަށް މިހާރު އަންނަނީ ވައިރަލް ވަމުންނެވެ.

އެއާއި އެކު މިހާރު ވައިރަލް ވެގެން އުޅޭ ވީޑިއޯ ކޮޅެއްގެ ފޯރި ވަނީ ވަރަށް ގަދަވެފައިއެވެ. މި ވީޑިއޯގައި ޕަރިނީތީ ގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކެއް ވަނީ ދައްކައިފައިއެވެ. އެގޮތުން އޭގައި ދައްކައިފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން ގިނަބައެއްގެ މަލާމާތް އޭނާއަށް އަންނަނީ ލިބެމުންނެވެ.

 

View this post on Instagram

 

A post shared by @parineetichopra

މި ވީޑިއޯގައި ޕަރިނީތީ ބުނެފައިވަނީ އޭނާ ބޮޑުވަމުން އައިއިރު މާލީ ގޮތުން ވަރަށް ބޮޑު ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އޭނާ ބޮޑުވަމުން އައި އިރުގައި ވަރަށް ފަގީރު ކަމަށް ބުނެފައިއެވެ.

ޕަރިނީތީއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ ދެބެންގެ ދެދަރި ކޮއްކޮ އެކެވެ. އެ ދެމީހުންގެ އާއިލާއަކީ އިންޑިއާގައި ނުފޫޒުގަދަ އާއިލާ އެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.