"ގަދަރު 2″ އަންނަ ހުކުރު ދުވަހު ސްޓްރީމިން އަށް

"ގަދަރު 2″ އަންނަ ހުކުރު ދުވަހު ސްޓްރީމިން އަށް

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ތާރާ ސިންގް އާއި ސަކީނާ އަލީގެ ގޮތުގައި އެނބުރި އަންނަ 'ގަދަރް 2’ ސްޓްރީމިންގ ޕްލެޓްފޯމެއް އެއް ކަމަށްވާ ޒީ-5 އަށް އަންނަ ހުކުރުދުވަހުގައި ދޫކޮށްލުމަށް ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

މި ފިލްމް އަކީ ބޮކްސްއޮފީހުގައި ގިނަ ރެކޯޑްތަކެއް މުގުރި ވަރަށް ކާމިޔާބު ފިލްމްއެކެވެ. ހަމަ އެއާއި އެކުގައ ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމްއެކެވެ. މި ފިލްމްގެ ކާމިޔާބީ އާއި އެކުގައި ސަނީ އަންނަނީ ގިނަ ފުރުސަތު ތަކެއް ލިބެމުންނެވެ.

މި ފިލްމް އަކީ ސަނީ އާއި އެކުގައި ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. ރޮމޭންޓިކް ޕީރިއަޑް ޑްރާމާ "ގަދަރް" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ.

"ގަދަރް-2″ ގައި ފެނިގެންދާނީ ލޯބިވާ ދަރިފުޅު ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ. އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މިފިލްމް ގައި ދައްކުވައިދޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *