މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ފިލްމް "ގަދަރް2″ ޒީ5 އިން ސްޓްރީމިން އަށް ދޫކޮށްލަން ނިންމައިފި އެވެ.
ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ތާރާ ސިންގް އާއި ސަކީނާ އަލީގެ ގޮތުގައި އެނބުރި އަންނަ 'ގަދަރް 2’ އަކީ ސަނީ އާއި އެކުގައި ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ.
ރޮމޭންޓިކް ޕީރިއަޑް ޑްރާމާ "ގަދަރް" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދީފައިވަނީ ގެއްލިފައިވާ ލޯބިވާ އަނބިމީހާ ހޯދުމަށް ކުރާ ދަތުރުގައި ދިމާވާ ހާދިސާތަކެކެވެ.
"ގަދަރް-2″ ގައި ފެނިގެންދާނީ ލޯބިވާ ދަރިފުޅު ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ. އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މި ފިލްމުން ދައްކުވައިދޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
"ގަދަރް 2″ވެގެން ގޮސްފައިވަނީ ބޮކްސްއޮފީހުގައި ރެކޯޑްތަށް މުގުރާލީ ބޮޑު އާމްދަނީއެއް ހޯދި ފިލްމްއަކަށެވެ. މި ފިލްމްގެ ކާމިޔާބީ އާއި އެކުގައި މިހާރު ސަނީ އަށް އަންނަނީ އޮފާތަށް އޮހެމުންނެވެ.
އޮގަސްޓް މަހުގެ 11 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 690.54 ކްރޯޑް ރުޕީސް (83 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، "ގަދަރު 2″ ހެދީ އެންމެ 60 ކްރޯޑް ރުޕީސް (7.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
ކޮމެންޓު ފޮނުވާ