ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅޭ ދެވަނަ ފިލްމު "ޖިގްރާ" ގެ ޝޫޓިން ފަށައިފި އެވެ.
އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮޑު ސްކްރީނަށް ގެންނަށް އަމާޒު ހިފައިފައިވާ ފިލްމް އިއުލާން ކުރި އިރުގައި މި ފިލްމަކީ އޭނާގެ އަމިއްލަ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނުންނާއި އޭނަގެ އެންމެ ފަހުގެ ފިލްމު، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެެނެސްދޭ ފިލްމްއެކެވެ.
ރޭ މި ފިލްމުގެ މަސައްކަތް ފެށުމާ ދިމާކޮށް ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް ހުނަރުވެރި ބަތަލާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. "ޖިގްރާ" އަކީ އާލިއާގެ ވަރަށް ތަފާތު ރޯލަކުން ފެންނާނެ އެކްޝަން ތުރިލާއެކެވެ.
2021 ގައި އާލިއާ ލޯންޗްކުރި ފިލްމު ކުންފުނީގެ ފުރަތަމަ ގެނެސްދިން ފިލްމަކީ އާލިއާ ބަތަލާގެ ރޯލު ކުޅެ، މިދިޔަ އަހަރު ގެނެސްދިން "ޑާލިންސް" އެވެ. ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރި އެ ފިލްމު ހެދީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓައިންމަންޓާ ގުޅިގެންނެވެ.
މީގެ ޑައިރެކްޓަރަކީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެނެސްދިން ވަސަން ބާލާ އެވެ.
ކޮމެންޓު ފޮނުވާ