ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް އަންގައިފި

ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2023 08:50
0

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ބައެއް ކަންކަން ކުރުން މަޑުޖައްސާލައި، ވަޒީފާގެ އޮނިގަނޑަށް ބަދަލު ނެގެނައުމަށް ސަރުކާރު ކުންފުނިތަކަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.

ޕީސީބީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިނގަމުންދާ އިންތިގާލީ މަރުހަލާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރިކުރާ ކުންފުނިތަކުން އާންމުކޮށް ހިންގާ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް އާ ޕްރޮޖެކްޓެއް ހިންގައި ނުވަތަ ބޮޑު ހަރަދެއް ކޮށްގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން އިތުރު ހަތަރު ކަމެއް ނުކުރަން ކުންފުނިތަކަށް އަންގާފައިވެއެވެ.

ކުންފުނިތަކަށް އެނގި ބައެއް ކަންކަން:

– ކުންފުނީގެ އާމްދަނީގެ އުސޫލުތަކާއި ގަވައިދުތަކާ ނިންމުންތަކަށް ބަދަލު ނުގެނައުން
– މުސާރައިގެ އުސޫލުތަކާއި ގަވައިދުތަކާއި ނިންމުންތަކަށް ބަދަލު ނުގެނައުން
– ކުންފުނީގެ މުވައްޒަފުންނާ ގުޅޭ އުސޫލުތަކަށް ބަދަލު ނުގެނައުން
– ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުން

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އިންތިޤާލީ ކޮމެޓީގެ އެންމެ އިސް ފަރާތަކަށް ހަމަޖައްސަވާފައިވަނީ، ޕީޕީއެމް/ޕީއެންސީގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމްއެވެ. މިހާރުގެ ސަރުކާރުގެ ފަރާތުން އިންތިޤާލީ ކޮމިޓީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.