ވަރަށް ސިއްރުން އުރްފީ އެންގޭޖް ވެއްޖެ

ވަރަށް ސިއްރުން އުރްފީ އެންގޭޖް ވެއްޖެ

ނިވާކަން ކުޑަކޮށް ހެދުން އެޅުމަށް މަޝްހޫރު އުރްފީ ޖާވެދް ވަރަށް ސިއްރުން އެންގޭޖްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުރްފީ އެންގޭޖްވި ފޮޓޯ ތަކެއް ވަނީ ވައިރަލްވެފައިއެވެ. މި ފޮޓޯ ތަކުން ފެންނަ ގޮތުގައި އޭނާގެ ކައިރީގައި ފިރިހެނަކު އިށީނދެގެން އިންނަ ތަން ފެނިގެންދެ އެވެ. ނަމަވެސް އެމީހާގެ މޫނެއް ނުފެނެއެވެ. އެހެންވެ އެއީ ކާކު ކަމެއް ނޭނގެ އެވެ. މިކަމާއި ބެހޭ ގޮތުން ވަކި އެއްޗެއް އަދި އުރްފީ ހާމަކޮށްފައިނުވެއެވެ.

އުރްފީ ފާހަގަ ކުރެވެނީ މީޑިއާއި ވަރަށް ދޯޅު ތަރިއެއްގެ ގޮތުގަައިއެވެ. އަދި ވަރަށް ނިވާކަން ކުޑަކޮން ހެދުން އަޅާ ތަރިއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެވޭ އިރުގައި ފާހަގަ ކުރެވޭ ބަތަލާ އަށް ގިން ބައެއްގެ މަލާމާތާއި ފުރައްސާރަ ކުރެއެވެ.

ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *