ޝާހިދު އާއި ކްރިތީގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

ޝާހިދު އާއި ކްރިތީގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

Author
ފާތިމަތު ނާވީ
04 އޮކްޓޯބަރ 2023 10:32
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު އާއި ކްރިތީ ސެނޮން އެކުގައި ކުޅުން އަލަތު ފިލްމް ރިލީޒް ކުރާ ދުވަސް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ކުރިން ވެސް މި ފިލްމް ދެފަހަރެއްގެ މަތިން ވަނީ ލަސްކޮށްފައިއެވެ. ބެލުންތެރިން މިއަހަރު ފިލްމް ބަލާލުމަށް ބެލުންތެރިން ތިބީ އިންތިޒާރުގައިއެވެ. ނަމަވެސް މިއަހަރު ފިލްމް ގެެެނެސްނުދޭން ނިންމައި އެކަން މި ވަނީ އިއުލާން ކޮށްފައިއެވެ.

މިއަހަރު ކުރީކޮޅު ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކައިލި ފިލްމް އޭރުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައި އޮތީ އޮކްޓޯބަރު މަހުގައިއެވެ.  ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ މި ލޯބީގެ ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 7 އަށެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ފިލްމް ގެ ނަމެއް ހާމަކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ދަރުމެންދުރާ އާއި އޭނަގެ ދަރިފުޅު ސަނީ ޑިއޯލްއާ ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.